މައުމޫންގެ މައްޗަށް ހަތް ދައުވާއެއް، ރިޝްވަތުގެ ގޮތުގައި 298000 ޑޮލަރު ހޯދިކަމުގެ ތުހުމަތު

ކޮންމެ ދައުވާއަކަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. ހަތް ދައުވާ ސާބިތުވެއްޖެނަމަ 22 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަންނާނެ އެވެ.
މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖީން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ދައުވާ ކުރުމަށް ކޯޓަށް މައްސަލަ ފޮނުވައިފި އެވެ. އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވެ އެވެ.
މި ދައުވާތައް އުފުލާފައި ވަނީ މައުމޫނާއި މައުމޫންގެ އާއިލީ ބައެއް ފަރާތްތަކަށް އަދި އޭނާއާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓާނޭޝަނަލް އިން ފައިސާ ފޮނުވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާ ގައެވެ.ޕީޖީ އޮފީހުން ވަނީ ހަތް ދައުވާ އުފުލި ސަބަބުތައް ވަކިވަކީން ސާފުވެސް ކޮށްދީފައެވެ. މި މުޢާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި މައުމޫނާއި އޭނާއާ ގުޅުންހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުބްޏެވެ. މައުމޫންއަކީ މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މީހެއް ކަމަށް އެންޓި ކޮރަފްޝަން ކޮމިޝަނުން އެ އޮފީހަށް މައުލޫމާތުދީފައިވާތީ ދައުވާ ލިބޭ މީހާ ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން މި މައްސަލައިގެ އަޑުއެހުމެއް ވީ އެންމެ އަވަސް ތާރީހަކަށް ތާވަލުކޮށްދެއްވުމަށް ކޯޓުގައި އެދިފައިވާ ކަމަށް ވެސް ބުންޏެވެ. އަދި ދައުވާލިބޭ މީހާ ޝަރީއަތަށް ހާޒިރުވުމަށް އިންކާރު ކުރާ ހާލަތު ގައި އޭނާ ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް ނެރެ ދިނުމަށް ވެސް ކޯޓް ގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެފަދަ އަމުރެއް ނެރެދޭ ހާލަތުގައި އިންޓަޕޯލް މެދުވެރިކޮށް ދައުވާ ލިބޭ މީހާ ރާއްޖެއަށް އަނބުރާ ގެނައުމުގެ މަސައްކަތް ކުރުމުގެ ފުރުސަތު ދިވެހި ފުލުހުންގެ ހިދުމަތަށް ފަހިވާނެ ކަމަށް ވެސް ބުންޏެވެ.މިއިން ކޮންމެ ދައުވާއަކަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. ހަތް ދައުވާ ސާބިތުވެއްޖެނަމަ 22 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އަންނާނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ