ަގައުމީ ބޭންކުގެ އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑް ޝާއިގުއަށް

ބޭންކުގެ 99 މުވައްޒަފުންނަކީ ދިވެހިންނެވެ. އަދި ގިނަ އަދަދެއްގެ ޒުވާނުން ބޭންކުގައި ވަޒީފާ އަދާކުރެ އެވެ.
ދިވެހި ޒުވާނުންގެ ގިނަ ބަޔަކު ވަޒީފާގައި ތިބި ގައުމީ ބޭންކް، ބީއެމްއެލުން އެ ކުންފުނީގައި އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި އެވެ.
މި އަހަރުގެ އެވޯޑު ދިނުމުގެ ހަފުލާގައި މިދިޔަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފު ނުވަތަ އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑު ލިބުނީ ކަސްޓަމާ ސަވިސް މެނޭޖަރު މުހައްމަދު ޝާއިގު އަހްމަދު އަށެވެ. 
ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭ ބީއެމްއެލްއިން ބޭއްވި ސްޓާފް އެވޯޑްސްގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ހަވާލު ކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަގެ އިތުރުން ބޯޑު ޑިރެކްޓަރުންނާއި ބޭންކުގެ އެގްޒެކްޓިވް މެނޭޖްމަންޓުގެ މެންބަރުންނެވެ.
މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ކެޓަގަރީތަކުން ވަނީ އެވޯޑް ދީފައެވެ. މީގެ ތެރޭގައި ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް އެޓޯލް އެމްޕްލޯއީ، ބެސްޓް ޓީމް، ކަސްޓަމަރ ސަވިސް ސްޓަރު އަދި އެވޯޑް ފޯ އިނޮވޭޝަން ހިމެނެ އެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ކާލް ސްޓުމްކަ ވިދާޅުވީ ބޭންކުގެ ޓީމާ ދޭތެރޭ އަޅުގަނޑު ފަހުރުވެރިވާ ކަމަށާ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށްދޭ އަހައްމިއްޔަތުކަން އަހަރުން އަހަރަށް މުވައްޒަފުން ކުރާ ބުރަ މަސައްކަތުން ދައްކުވައިދޭ ކަމަށެވެ.
"އެވޯޑް ހާސިލްކުރި ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު މަރުހަބާ ދަންނަވަން. ބޭންކު ކާމިޔާބީއާ ދިމާއަށް ދަތުރުކުރަނީ ތިޔަ މުވައްޒަފުންގެ ނަމޫނާ މަސައްކަތުގެ ސަބަބުން،" ސީއީއޯ ވިދާޅުވި އެވެ. ސީއީއޯ އިތުރަށް ވިދާޅުވީ ފާއިތުވި އަހަރު ބޭންކުން ވަނީ ރިކޯޑް ނަތީޖާއެއް ހޯދާފައިވާ ކަމަށާ މިއީ ސާފު ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ބޭންކަށް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ.
"މި ނަތީޖާ ހޯދުނީ މުވައްޒަފުންގެ ބުރަ މަސައްކަތުގެ ސަބަބުން. އެހެންކަމުން މި ފުރުސަތުގައި ކޮންމެ މުވައްޒަފަކަށްވެސް ވަކިވަކިން އަޅުގަނޑު ޝުކުރު އަދާކުރަން." ސީއީއޯ ކާލް އިތުރަށް ވިދާޅުވި އެވެ.ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ފަހުރުވެރި ދިވެހިންނެވެ. އަދި މީގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ރާއްޖޭގެ އެކި ރަށްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ