މިރޭ ފަރުކޮޅުފުށީގައި ތިން މިނިޓަށް ހަވާއަރުވަނީ

މިރޭ ފަރުކޮޅުފުށީގައި ތިން މިނިޓަށް ހަވާއަރުވަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.އެތަނުން ބުނީ ހަވާ އަރުވަން ހަމަޖެހިނީ އަމިއްލަ ފަރާތަކުން ބާއްވާ އިވެންޓެއްގައި ކަމަށެވެ. ހަވާ އެރުވުން އޮންނާނީ މިރޭ 9:30 ގަ އެވެ. އަދި ތިން މިނިޓަށް އެކަން ކުރިިއަށް ދާނެ އެވެ.ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ފަރުކޮޅުފުއްޓަކީ މިހާރު ހުޅުމާލޭގެ ބައެއްގެ ގޮތުގައި އޮންނަ ތަނެކެވެ.މާލެ ސަރަހައްދުގައި އެންމެ ފަހުން ހަވާ އެރުވީ ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ބޭއްވި ޝޯގެ ތެރޭގަ އެވެ.ހަވާ އެރުވުމުގެ ހުއްދަ ދީފައި އޮންނަނީ ހަމައެކަނި އެމްއެންޑީއެފަށް ކަމަށްވާއިރު، އެ މަސައްކަތް ކުރަނީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ވިޔަފާރި އުސޫލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ