ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހއ. އަތޮޅުގައި ކުޅުނު މެޗުން، މުރައިދޫ އާއި ވަށަފަރުން ފުރަތަމަ މޮޅު ހޯދިއިރު، ފިއްލަދޫން ދެ ވަނަ މޮޅާ އެކު ފޯމު ދަމަހައްޓައިފި އެވެ.
ހއ. އަތޮޅު ދެ ގްރޫޕަކަށް ކުރިއަށްދާއިރު، ގްރޫޕް އޭގައި، އިއްޔެ ހަވީރު ފިއްލަދޫން ދެ ވަނަ މޮޅު ހޯދީ ތުރާކުނު 2-1 އިން ބަލިކޮށްގެންނެވެ. މި މެޗުގައި ފިއްލަދޫގެ ގޯލްތައް ޖަހައިދިނީ އާދަމް ސަމާހު އާއި މުހައްމަދު ޔާމީން އެވެ. މެޗުގައި، ތުރާކުނުގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު ސަމީހު އެވެ. އެ ގްރޫޕްގައި އިއްޔެ ހަވީރު ކެލާ އާއި ހޯރަފުށި ވަނީ 3-3 އިން އެއްވަރުވެފަ އެވެ. މި މެޗުގައި، ހޯރަފުށީގެ އަބްދުﷲ ޔާމީން (ޔާނު) ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ އަލީ އިމްރާން މުހައްމަދު އެވެ. މެޗުގައި، ކެލާގެ ގޯލްތައް ޖަހައިދިނީ އަހުމަދު ވަހީދު، ގާސިމް އަތޫފް އަދި، އިބްރާހީމް ރިޝާލް އެވެ.
ގްރޫޕް ތާވަލަށް ބަލާއިރު، ފިއްލަދޫ ދެ މެޗުން ހަ ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް ކެލާ އަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވެ އެވެ. ތިން ވަނައިގައި އޮތް ހޯރަފުށްޓަށް އެއް މެޗުން އެއް ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ބާރަށާއި ފުލުގައި އޮތް ތުރާކުނަށް ޕޮއިންޓެއް ނުލިބެ އެެވެ. ބާރަށުން އެއް މެޗު ކުޅުނުއިރު، ތުރާކުނުން ދެ މެޗު ކުޅެފައިވެ އެެވެ.
މި އަތޮޅުގެ ގްރޫޕް ބީގައި، މުރައިދޫން ވަނީ ފަހަތުން އަރައި ދިއްދޫ 3-1 އިން ބަލިކޮށްފަ އެވެ. މެޗުގައި، ދިއްދޫން ލީޑުނެގީ، އިބްރާހިމް ނަވާފް ސައީދު ޖެހި ގޯލުންނެެވެ. މުރައިދޫގެ ކެޕްޓަން، އުފާފް އަބްދުﷲ އެއްވަރުކޮށްދިންއިރު، އަނެއް ދެ ލަނޑު ޖެހީ ނަޒްމީން ހުސެއިން އެވެ.
ވަށަފަރު ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
އަތޮޅު ޗެމްޕިއަން ވަށަފަރުން ކުޅުނު ފުރަތަމަ މެޗުން ދިއްދޫ އަތުން ބަލިވިއިރު، އެ ނަތީޖާ އިން އަރައިގަންނަން އިއްޔެ އުތީމު ބަލިކުރީ 4-0 އިންނެވެ. މި މެޗުގައި، ވަށަފަރުގެ އަހުމަދު މާއިޝް ރަޝީދު (މާއި) ހެޓްރިކެއް ހެދިއިރު، އަނެއް ލަނޑު ޖެހީ އަލީ ޔަޒްދާން ރަޝީދު އެވެ.
މި ގްރޫޕްގެ އުތީމު ފިޔަވައި، ދެން އޮތް ހަތަރު ޓީމު ކަމަށްވާ ވަށަފަރު، މުރައިދޫ، މާރަންދޫ، ދިއްދޫ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ.
16:00 - ފ. މަގޫދޫ - ފ. ފީއަލީ
16:00 - މ. ނާލާފުށި - މ. މުލައް
17:00 - ފ. ނިލަންދޫ - ފ. ބިލެއްދޫ
17:00 - މ. ދިއްގަރު - މ. މަޑުއްވަރީ
--------------------------------------------
20:00 - ށ. ކަނޑިތީމު - ށ. ފީވައް
20:00 - ށ. މިލަންދޫ - ށ. ކޮމަންޑޫ
21:00 - ށ. ފުނަދޫ - ށ. ގޮއިދޫ
21:00 - ށ. ފޯކައިދޫ - ށ. މަރޮށި
22:00 - ސ. މަރަދޫފޭދޫ - ސ. ފޭދޫ
22:00 - ސ. ހުޅުދޫ - ސ. ހިތަދޫ
23:00 - ގދ. ރަތަފަންދޫ - ގދ. ހޯނޑެއްދޫ
23:00 - ގދ. މަޑަވެލި - ގދ. ވާދޫ
މުރައިދޫ އާއި ވަށަފަރުން ފުރަތަމަ މޮޅު، ފިއްލަދޫ ފޯމުގައި ކުރިއަށް މުރައިދޫ އާއި ވަށަފަރުން ފުރަތަމަ މޮޅު، ފިއްލަދޫ ފޯމުގައި ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ