ޒަކާތު ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

މި މަހު އެކެއްގައި އަމަލު ކުރަން ފެށި، ޒަކާތު ގާނޫނުގެ ދަށުން އުފެއްދި، ޒަކާތު ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ. އެ އޮފީހުން ހުޅުވާލީ، ސަރުކާރުގެ އިދާރާއެއްގައި މަސައްކަތް ނުކުރާ ޒަކާތުގެ މާހިރުންގެ ތެރެއިން ދެ މެންބަރުން އެ ކައުންސިލަށް އައްޔަނުކުރުމަށެވެ. އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ 12:00ގެ ނިޔަލަށް ބަލައިގަންނާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މިގޮތުން، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޯމު ބަލައިގަންނާނެއެވެ. މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުން ޑައުންލޯޑުކުރެވޭނެއެވެ. ފާހަގަކުރެވޭ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ޒަކާތު ހައުސް އުފެއްދެވީ، ޑިސެންބަރު 18، 2023ގައެވެ. މި މަހު އެކެއްގައި އިސްލާމިކް މިނިސްޓްރީގެ އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް ގާއިމުކުރެއްވުމުން، ކުރިން އޮތް ޒަކާތު ހައުސްވަނީ އުވާލައިފައެވެ. https://sun.mv/216160 ޒަކާތުގެ ބިލު އެ މަނިކުފާނު ތަސްދީގުކުރެއްވީ، ނިމިދިޔަ އަހަރުގެ ޑިސެންބަރު ހަ ވަނަ ދުވަހެވެ. އެ ގާނޫނުގައި ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތަކުގެ ތެރޭގައި، ޒަކާތް ދެއްކުން ނޫން ލާޒިމް މީހެއްގެ އަތުން ނެގުމާއި ޒަކާތް ދެއްކުން ލާޒިމުނުވާ މުދަލަކުން ނެގުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ