ފޭސް ދޭއްގެ އައު މިސްކިތް ރަސްމީކޮށް ހުޅުވައިފި

ހުޅުމާލެ ފޭސް ދޭއް ގައި ބިނާކުރާ މިސްކިތް މަސްޖިދުލްއީމާން މިއަދު ހުކުރު ނަމާދަށް ރަސްމީކޮށް ހުޅުވައިފި އެވެ.
މަސްޖިދުލްއީމާން ރަސްމީކޮށް ހުޅުވީ މިއަދު ހުކުރު ނަމާދަށް ފަހުގަ އެވެ. އެ މިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ޒުވާން ޚަޠީބު އަލްޙާފިޒު ޢުވައިސް ބިން އިނާޒު އެވެ.
ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ޒުވާން ޚަޠީބު އަލްޙާފިޒު ޢުވައިސް ބިން އިނާޒު 
 މިއީ ރާއްޖޭގެ އެންމެ ރީތި މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިސްކިތެކެވެ. 
ރަން ކުލަ ވަރަށް ބޮޑަށް ފެންނަ މި މިސްކިތުގެ ކޮންމެ ކަމެއްވެސް އެހާމެ ފުރިހަމަ އެވެ. މިސްކިތުގެ ބޭރާއި އެތެރެ އެވެ. ކާޕެޓާއި މިންބަރެވެ. މިސްކިތުގެ ޑިޒައިންނެވެ. ރީތި ކުރުމަށް ބަހައްޓާފައިވާ ފްރޭމްތަކެވެ. އަދި މިސްކިތުގެ ދޮރުތަކާއި ދޮރުތަކުން ފެންނަ ކުލަތަކެވެ.
ހުޅުމާލެ ފޭސް ދޭއް ގައި ބިނާކުރާ މިސްކިތް މަސްޖިދުލްއީމާން --
މީގެ އިތުރުން ގުއްބާއި ގުއްބުގެ ޒީނަތްތެރިކަމަށް ކޮށްފައިވާ މަސައްކަތެވެ. މިސްކިތުގައިވާ ލައިޓްތަކާއި ފަންކާތަކެވެ. މިހެން ގޮސް ކޮންމެ ކަމަކުން ފެންނަނީ ރީތި ކަމާއި ފުރިހަމަ ކަމެވެ.
ހާއްސަކޮށް ރޭގަނޑުގެ ވަގުތު އެވެ. މިސްކިތް ދިއްލާލުމުން ވަރަށް ހިތްގައިމެވެ. ވަރަށް ޗާލެވެ.
ހުޅުމާލެ ފޭސް ދޭއް ގައި ބިނާކުރާ މިސްކިތް މަސްޖިދުލްއީމާން --
ރީތި ކުލަތަކެއް ފެނެ އެވެ. މިއީ މީގެ ތިން އަހަރު ކުރީން ބިނާކުރަން ފެށި މިސްކިތެކެވެ. މިސްކިތަކީ އަމިއްލަ ފަރާތެއްގެ އެހީގައި ބިނާކޮށްފައިވާ މިސްކިތެކެވެ.
ތިން ފްލޯއަށް ބިނާކޮށްފައިވާ މި މިސްކިތަކީ އެއް ފަހަރާ 1200 މީހުންނަށް ނަމާދު ކުރެވޭނެ ބޮޑު މިސްކިތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ