ރައްޔިތުން މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ޕީއެންސީއަށް ގުޅިވަޑައިގެންފިއެވެ.
އިބްރާހިމް ނަސީމް ޕީއެންސީއަށް ސޮއި ކުރެއްވިކަން ޕީޕީއެމްއިން އިއުލާނުކޮށްފައިވާއިރު އެ ޕާޓީން ވަނީ އިބްރާހިމް ނަސީމްއަށް މަރުހަބާ ކިޔައިފައެވެ.
އިބްރާހިމް ނަސީމް ޕީއެންސީއަށް ގުޅިވަޑައިގެންފައިވާއިރު އޭނާ މަޖިލީހަށް އިންތިހާބުވެވަޑައިގަތީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.
އިބްރާހިމް ނަސީމް ޕީއެންސީއާ ގުޅިގަވަޑައިގަތުމާ އެކު މަޖިލީހުގައި ޕީޕީއެމް ޕީއެންސީ ތަމްސީލު ކުރައްވާ މެންބަރުންގެ އަދަދު ނުވައަކަށް އަރާނެއެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ޕީއެންސީއަށް ގުޅިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ