ސިވިލް ކޯޓުގެ ހުސްވެފައިވާ ގާޒީ ކަމުގެ މަގާމަށް 15 ފަރާތަކުން ކުރިމަތިލައިފިއެވެ.
ސިވިލް ކޯޓަށް ގާޒީއަކު ހޯދުމަށް އޮކްޓޫބަރު 5 ވަނަ ދުވަހު ވަނީ އިއުލާންކޮށްފައެވެ. މި އިއުލާނާ ގުޅިގެން 15 ފަރާތަކުން މަގާމަށް ކުރިމަތިލާފައިވާއިރު ޖޭއެސްސީން ވަނީ އެ މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ވަނަވަރު ހާމަކޮށްފައެވެ.
ސިވިލް ކޯޓުގެ ގާޒީ މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކަކީ މުހައްމަދު ނިޡާމް، ނަފީލު މުޙައްމަދު، މުޙައްމަދު އިޙްސާން، މުޞްޠަފާ ޙަމީދު، ޢަލީ ނަޞީރު، އާދަމް ޛާލިފް، ޙައްމާދު ވާފިރު، މުޙައްމަދު ވިދާން ޝާކިރު، މަރްޔަމް ޝާނީ، ޢަބްދުއްސަލާމް ޢަލީ، ޝިފްޒާ ޢަބްދުލްޤައްޔޫމް، ފާތިމަތު ޝަފީނާޒް، ފަތުޙުﷲ ޖަމީލް މޫސާ، ޢާއިޝަތު އަރީޝާ ނަޖީބު އަދި އަޙްމަދު މަޢުޞޫމުއެވެ.
ސިވިލް ކޯޓުގެ ގާޒީއެއްގެ އަސާސީ މުސާރައަކީ 30،000 ރުފިޔާކަމަށްވާއިރު ލިވިން އެލަވެންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު ރިސްކް އެލަވެންސްގެ ގޮތުގައި 1650 ރުފިޔާ ލިބެއެވެ.
ސިވިލް ކޯޓު ގާޒީ މަގާމަށް 15 ފަރާތެއް ކުރިމަތިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ