ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑް މެންބަރަކު މަގާމުން ވަކިކޮށްފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު ބުނީ އެޗްޑީސީގެ ބޯޑް މެންބަރުކަމުން ވަކިކޮށްފައި ވަނީ މުހައްމަދު ވަހީދު، ހއ. ފިއްލަދޫ، މަބުސްތާނު ގެ، އެވެ.
ތަފްސީލް - މުހައްމަދު ވަހީދު އެޗްޑީސީގެ ބޯޑަށް ހަމަޖެއްސީ ޑިސެމްބަރު 2023ގަ އެވެ. އޭނާ ވަނީ މީގެ ކުރިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހައުސިން މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
އޭނާ ވަކިކުރި ސަބަބެއް ޕީސީބީން ނުބުނެ އެވެ.
އެނގުން މުހިންމު - އެޗްޑީސީގެ ބޯޑުގައި 10 މެންބަރުން ތިއްބަވާއިރު ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދޫކުރި މައްސަލަ ފަޅާއެރުމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ފަޒުލް ރަޝީދު ވަނީ މިދިޔަ ޑިސެމްބަރު މަހު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އެޗްޑީސީގެ ބޯޑް މެންބަރަކު ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ