އައިލެންޑް އޭވިއޭޝަނުން ޑީއެޗްސީ-8 މަރުކާގެ ބޯޓެއް ވިއްކާލަނީ!

ރާއްޖޭގެ ޤައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ޑީއެޗްސީ-8 މަރުކާގެ ބޯޓެއް ވިއްކާލުމަށް ނިންމައިފިއެވެ.
އައިލެންޑް އޭވިއޭޝަނުން ވަނީ އެ ބޯޓް ގަތުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައެވެ. އައިއޭއެސްއިން ބުނީ ބޯޓުގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން މިހިނގާ ފެބުރުއަރީމަހުގެ 28 ވަނަ ދުވަހުގެ ކުރިން އެކަން ހުށަހަޅަން ޖެހޭނޭ ކަމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ބޯޓު ގަތުމަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތައް ބެލުމަށްފަހު، ހޮވުނު ފަރާތަށް މާޗްމަހުގެ 15 ވަނަ ދުވަހު އަންގާނޭކަމަށް އައިއޭއެސްއިން ބުނެއެވެ. ބޯޓު ޑެލިވަރީކުރުމަށް ކަނޑައަޅާފައިވަނީ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައެވެ.
ޑެހެވިލޭންޑް ޑީއެޗްސީ-8 މަރުކާގެ މި ބޯޓަކީ 2000 ވަނަ އަހަރު އުފައްދާފައިވާ ބޯޓެކެވެ. ބޯޓުގައި ޕައިލެޓާއި ކޯޕައިލެޓާއި، ކުރޫއިންނަށް ދެ ޖާގައިގެ އިތުރުން ފަސެންޖަރުންގެ ގޮތުގައި 50 މީހުނަށް ދަތުރުކުރެވެއެވެ.
Advertisement
ބޯޓު ގަންނަ ފަރާތުން 100،000 ޑޮލަރުގެ ޑިޕޮސިޓެއް ދައްކަން ޖެހެއެވެ. ބޯޓުގެ އަގެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ 300،000 ޑޮލަރެވެ. އައިއޭއެސްގެ ޕްރޮޕޯސަލްގައިވާގޮތުން ބޯޓު ގަންނަތާ ތިން ދުވަހުގެ ތެރޭގައި ފައިސާ ދައްކައި ނިންމަން ޖެހެއެވެ. ޕްރޮޕޯސަލްއަށް ބަލާއިރު ބޯޓު ގެންދިއުމުގެ ހުރިހާ ހަރަދެއް ކުރަންޖެހެނީ ބޯޓު ގަންނަ ފަރާތުންނެވެ.
އައިލެންޑް އޭވިއޭޝަނުން ޑެހެވިލޭންޑް ޑީއެޗްސީ-8 މަރުކާގެ ބޯޓު ވިއްކާލުމަށް އިއުލާނުކޮށްފައިވާއިރު، އެކުންފުނިން ވަނީ މިދިޔަ ޖެނުއަރީމަހުގެ 6 ވަނަ ދުވަހު، އެއާބަސް މަރުކާގެ ވައިޑްބޮޑީ މަތިންދާބޯޓެއް ގެނެސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ