ދިރާގު ގުޑި ފެސްޓް މާދަމާ ހުޅުމާލޭގައި ބާއްވަނީ ދިރާގު ގުޑި ފެސްޓް މާދަމާ ހުޅުމާލޭގައި ބާއްވަނީ

އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ދިރާގުގެ މަގުބޫލު ގުޑިފެސްޓް މާދަމާ ހުޅުމާލޭގައި ބާއްވަން ހަމަޖެހިއްޖެ އެވެ.
ދިރާގު ގުޑި ފެސްޓު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 5:00 އިން 6:00 އަށް ދިރާގު ބީޗުގައި، ހުޅުމާލެ ފޭސް 2 އަށް ވަންނަ ސަރަހައްދުގަ އެވެ.
ހުރިހާ އުމުރުފުރާއެއްގެ ކުދިންނަށް ވެސް ބައިވެރިވެވޭ ގޮތައް ކުރިއަށްގެންދާ އެ ހަރަކާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ދިރާގުގެ ފަރާތުން ގުޑިއެއް މުޅިން ހިލޭ ލިބިގެންދާނެ އެވެ.
ދިރާގު ގުޑިފެސްޓްއަކީ ރޯދަ މަހު ދިވެހީންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމުގައިވާ ގުޑި އެރުވުމަށް ގިނަ ކުދިން އަހުލުވެރި ކުރުވުމުގެ ގޮތުން 2023 ވަނަ އަހަރު އެ ކުންފުނިން ފެށި ހަރަކާތެކެވެ.
އެގޮތުން، ވޭތުވެދިޔަ ރޯދަ މަސްމަހާ އެއްފަދައިން، މި އަހަރު ވެސް ދިރާގު ގުޑިފެސްޓް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާނެ އެވެ.
މި ރޯދަ މަހުގެ ފުރަތަމަ ގުޑިފެސްޓް މިދިޔަ ހޮނިހިރު ދުވަހު މާލޭ އުސްފަސްގަނޑުގައި ބޭއްވިއިރު، އެ ހަރަކާތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.
ދިރާގުން އަންނަނީ ރޯދަ މަހާ ގުޅުވައިގެން އާންމުންނަށް ތަފާތު ހަރަކާތްތަކާއި އަގުހުރި އޮފާތައް ގެނެސްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ