ހޮނިހިރު ދުވަހު މާލެއިން ގެއްލުނު އަންހެނަކު އަދިވެސް ނުފެނޭ ހޮނިހިރު ދުވަހު މާލެއިން ގެއްލުނު އަންހެނަކު އަދިވެސް ނުފެނޭ

މިދިޔަ ހޮނިހިރު ދުވަހު މާލެއިން ގެއްލިގެން ހޯދަމުންދާ އަންހެނަކު ނުފެނިގެން ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަނީ ހ. ބްލޫލޫން، ހައްވާ ހަސަން، 31، ކަމަށެވެ. އޭނާގެ ފޮޓޯ ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
ހައްވާ ހަސަން ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރު ނުވާތީ އާއިލާއިން އެކަން ރިޕޯޓުކުރީ މާޗު 8، ގައި ކަމަށް ފުލުހުން ބުނެ އެވެ.
"މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު އޭނާ ހޯދުމަށްޓަކައި ފުލުހުންގެ ކަމާގުޅުންހުރި އެންމެހައި ބަހާތަކަށް މައުލޫމާތު ހިއްސާކުރެވި، ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަނަމަވެސް އޭނާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވޭ،" ފުލުހުން އާންމުކުރި ބަޔާނެއްގައި ބުނެފައިވެ އެވެ.
ހަ ދުވަހުގެ މަސައްކަތުން ހައްވާ ހަސަން ފެނިފައި ނުވާތީ އޭނާގެ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ އެ މާފަން މާފަންނު ޕޮލިސް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9660183 އަށް ގުޅުމަށް ފުލުހުން އެދެ އެވެ.
ގެއްލިގެން ހޯދާ މީހުން ހޯދުމުގައި ކުރިއެރުން ނުލިބޭނަމަ މީގެކުރިން ވެސް ފުލުހުން އާންމުންގެ އެހީއަށް އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ