ބީއެމްއެލް މެދުވެރިކޮށް ބޭރަށް ފައިސާ ފޮނުވައިގެން އަގުހުރި އިނާމުތަކެއް
ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.ބީއެމްއެލް އިން ބުނީ، މިއަދު ފެށި ޕްރޮމޯޝަންގެ ދަށުން ބޮޑު އިނާމެއްގެ ގޮތުގައި، ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 15،000ރ.ގެ ގިފްޓް ކާޑު ލިބޭނެ ކަމަށެވެ.މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު ނުވަ ފަރާތެއް ގުރުއަތުން ހޮވަން ނިންމާފައިވެ އެވެ.މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މިއަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުގެ ނިޔަލަށެވެ.މި ޕްރޮމޯޝަންގެ ދަށުން:500 ޑޮލަރުން ދަށުގެ މުއާމަލާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 750ރ.ގެ ގިފްޓް ކާޑެއް ލިބޭނެ501 އާއި 1،000 ޑޮލަރާ ދެމެދުގެ މުއާމަލާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 2،000ރ.ގެ ގިފްޓް ކާޑެއް ލިބޭނެ1،000 ޑޮލަރުން މަތީގެ މުއާމަލާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 3،500ރ.ގެ ގިފްޓް ކާޑެއް ލިބޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ