ރައީސްގެ ފޮރިން ޕޮލިސީ އެޑްވައިޒަރަކަށް ޑރ. ޝަހީދު ހަމަޖައްސަވައިފި

ރައީސުލްޖުމްހޫރިއްޔާގެ ފޮރިން ޕޮލިސީ އެޑްވައިޒަރަކަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ހަމަޖައްސަވައިފި އެވެ.
ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ނުދޭ ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ކެބިނެޓް އެއްފަހަރާ އިސްތިއުފާ ދެއްވި އިރު ފޮރިން މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ޝަހީދު އެމަޤާމަށް ދެ ވަނަ ފަހަރަށް ރައީސް ނަޝީދު އައްޔަން ކުރެއްވުމުން 11 ޑިސެމްބަރު 2010ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިން އެމަނިކުފާނަށް ރުހުން ނުދެއްވުމާ ގުޅިގެން އެމަނިކުފާނު ވަނީ މަގާމުން އިސްތިއުފާދެއްވައިފަ އެވެ. އަދި އެއަށް ފަހު ޝަހީދު ފެނިފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބްގައި އެމްޑީޕީގެ ސްޕޯކްޕާސަނެއްގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ