ގޯތި ދޫނުކުރާ ކަމުގެ ޝަކުވާ ރައްޔިތުން ކުރި - ފައިސަލް

ބޯހިޔާވަހިޔާވަހި ކަމުގެ ދަތިތަކާއި ގޯތި ދޫނުކުރާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބުނު ކަމަށް އިދިކޮޅު އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފ،އަތޮޅާއި ދ.އަތޮޅަށް އޭނާ ކުރެއްވި ދަތުރުފުޅު ނިންމާލުމަށްފަހު މާލެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ އެތައް މިލިއަން ޑޮލަރެއް ހަރަދުކުރުމަށްފަހު އަތޮޅުތަކުގެ ރައްރަށުން ބިންހިއްކުމަށްފަހު ވެސް، ރައްޔިތުންނަށް ގޯތި ދޫނުކޮށް ލަސްވަމުންދާކަމުގެ ޝަކުވާތައް އެތަށް ރަށަކުން ލިބުނު ކަމަށެވެ.
ފައިސަލް ވިދާޅުވީ ކޯލިޝަން ސަރުކާރެއްގައި، އިސްރާފު ކުޑަކޮށް ބޯހިޔާވަހިކަމަށް އިސްކަންދެއްވާނެ ކަމަށެވެ.
"ބޯހިޔާވަހިކަމުގެ ޝަކުވާ ރަށްރަށުންވެސް ލިބެމުންދިޔަ, ޚާއްސަކޮށް ބައެއް ރަށްރަށުން ބިން ހިއްކުމަށްފަހު އެބިންތަކާއި އަޅާނުލާ އަދި ގޯތި ދޫނުކޮށް އޮންކަމުގެ ޝަކުވާ ރައްޔިތުން ކުރި" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ސުކޫލް މަދަރުސާތެރެ ސިޔާސީކޮށް، ޓީޗަރުންނަށް ފިއްތުންތައް ކުރިމަތިކުރުމުގެ ޝަކުވާ ވެސް ރައްޔިތުން ކުރިކަމަށާއި ރަށްރަށުގެ ފެން ތަޣައްޔަރު ވުމާއި، ނަރުދަމާގެ މައްސަލަތައް ވެސް ރައްޔިތުން ފާހަގަކުރާކަމަށެވެ.
ފައިސަލް އިތުރަށް ވިދާޅުވީ ފ.އަދި ދ.  އަތޮޅަށް ބަލާލިނަމަވެސް އެ ދެއަތޮޅުގެ ފަޅުރައްތަކުން ވެސް އެރައްޔިތުންނަށް އެއިން މަންފާއެއް ނުލިބޭނެހެން އެކިއެކި ފަރާތްތަކަށް ދޫކޮށްލާފައި އޮތްކަމީވެސް ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
"ޙާއްސަކޮށް މަސްވެރިން ދ.އަދި ފ.އަތޮޅުގައި ވެސް ގިނަ އިރު، މަސްވެރިނަށް އެކަށީގެންވާ އާމްދަނީ ނުލިބޭ މައްސަލައަކީ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެއް" ފައިސަލް ވިދާޅުވި އެވެ.
ނޫސްވެރިނާއި ވާހަކަ ދައްކަވަމުން އިންތިޚާދުގެ ސަރުކާރެއްގައި ޤާނޫނު ތަންދޭ އެންމެ މަތީ ދަރަޖައަކަށް ކައުންސިލްތަކަށް ފުރިހަމަ ބާރުވެރިކަންދޭނެ ކަމަށާއި. އިއްތިހާދެއްގެ ސަރުކާރެއްގައި އިސްރާފު ކުޑަކޮށް، ރައްޔިތުން ބޭނުންވާ ކަންކަމަށް އިސްކަންދީގެ ރާއްޖެ ތަރަށްޤީކުރައްވާނެ ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ