ސްޓެލްކޯގެ ސަބްސްޓޭޝަން ފޮއްޓެއްގައި ރޯކޮށްލުމާއި ގުޅިގެން ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯ އިން ބުނީ ރޯކޮށްލާފައިވަނީ ފާށަނާކިލޭފާނު މަގުގައި ހުންނަ އެކުންފުނީގެ ސަބްސްޓޭޝަންގެ ފޮއްޓެއްގައި ކަމަށެވެ.
އެހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު 4:30 ހާއިރު ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.
ސްޓެލްކޯ އިން ބުނީ އަލިފާން ރޯވެ، މުޅި ފޮށި އަނދާފައިވާކަމަށެވެ. އަދި ކަރަންޓް ކެނޑިފައިވާ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ. A main distribution box in substation 50 (Fashanakilege Magu) was set on fire around 4:30am today. The fire has been put out and we are currently working on restoring power to the affected customers.— STELCO (@STELCOMALDIVES) February 15, 2018
އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އެއީ ބަޔަކު ގަސްތުގައި ދިން ހަމަލާއެއްކަމަށް ބެލެވޭއިރު، އެހާދިސާއާ ގުޅިގެން ދެ މީހަކު މިހާރު ހައްޔަރުކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
ސްޓެލްކޯގެ ކަރަންޓު ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ