ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ވަންދޫގައި ހިންގައިފި

ތ.އަތޮޅު ވޭމަންޑޫ ޕޮލިސް ސްޓޭޝަނާއި ތ.އަތޮޅު ކައުންސިލް އަދި ތ.ވަންދޫ ކައުންސިލް ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އެއަތޮޅު ވަންދޫގައި ހިންގައިފިއެވެ.
މި މަހުގެ ދިހައަކުން އެގާރައަށް ވަންދޫ ގައި ކުރިއަށް ގެންދިޔަ  މި ޕްރޮގްރާމުގައި ޒުވާނުންނާއި ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށް މަޢުލޫމާތުދީފައިވެއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި،  މިޕްރޮގްރާމްގައި ބެލެނިވެރިންނަށް ނަގައިދިން ސެޝަންތަކުގައި، މިއަހަރަށް ފުލުހުން ކަނޑައަޅާފައިވާ  އޮޕަރޭޝަނަލް ޕްރިއޮރިޓީސްތަކާއި ބެހޭ ގޮތުންނާއި ކުށަކީ ކޮބާކަމާއި، ކުށަށް މަގުފަހިވާ އަމަލުތަކަކީ ކޮބާކަމާއި، ކުށްކުރުން ހުއްޓުވަން ކުރެވިދާނެ ކަންތައްތަކުގެއިތުރުންރައްކާތެރިއަމާން މާހައުލެއް ބިނާކުރުމުގައި ބެލެނިވެރީންގެ ދައުރާއި ބެހޭގޮތުންނާއި، ގެވެށި އަނިޔާގެ ޤާނޫނާއި ކުޑަކުދީންނަށް ޖިންސީ ގޯނާކުރާމީހުންނާއި މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނާއި އެފަރާތްތަކަށް ޤާނޫނުގައި ދެވޭ އަދަބުތަކާއި ބެހޭގޮތުން މަޢުލޫމާތުދީފައިވެއެވެ.
 
މީގެ އިތުރުން ޓްރެފިކް ޤާނޫނާ ބެހޭގޮތުން   ސްކޫލްކުދިންނަށް ހޭލުންތެރިކުރުވުމުގެ މައުލޫމާތު ދީފައިވާއިރު، ޒުވާނުންނަށް އަމާޒުކޮށްގެން، ޒުވާނުން ޒިއްމާދާރު ބައެއްގެ ގޮތުގައި މުޖުތަމަޢުގައި އުޅުމުގެ މުހިއްމުކަމާއި މިހާރު ރާއްޖޭގެ ކުށުގެ ހާލަތު އޮތްގޮތާއި ސިޔާސީ ހަރަކާތްތަކުގެ ނަމުގައި ހިންގަމުންދާ ބޮޑެތި ޖިނާއީކުށްތަކާއި އެފަދަ ކުށްތަކުން ދުރުވެ ތިބުމަށް އެޅިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުން މަޢުލޫމާތުދީފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ