އަބްދުﷲ ޝާހިދު މެންބަރކަމުން އިސްތިއުފާދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރ އަބްދުﷲ ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.
ޝާހިދު މިކަން ހާމަކުރެއްވީ މަޖިލީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެބޭފުޅާ ވިދާޅުވީ މިއަދުގެ ޖަލްސާއަކީ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ބައިވެރިވެ ވަޑައިގަންނަވާ އެންމެ ފަހު ޖަލްސާ ކަމަށާއި، ކުރިއަށް ދެން ފެންނާނީ އިބްރާހިމް މުހައްމަދު ސޯލިހްގެ އާ ސަރުކާާާރުން ކަމަށެވެ.
އަބްދުﷲ ޝާހިދު ވިދާޅުވީ ގައުމާއި ރައްޔިތުންނަށް ހިދުމަތްކޮށްދޭން ބޭނުންފުޅުވާ ކަމަށާއި އެހެންކަމުން އިންތިހާބީ ރައީސް ހަވާލުކުރައްވާ ކޮންމެ މަގާމެއް އަދާކުރެއްވުމުގައިވެސް ދެމިހުންނަވާނެކަމަށެވެ.
ޝާހިދު ވަނީ މަޖިލީހުގައި ފަސް ދައުރު، ހިދުމަތް ކުރެއްވުމުގެ ފުރުސަތު ދެއްވީތީ ވ. އަތޮޅުގެ ރައްޔިތުންނަށާއި، ކެޔޮދޫ ދާއިރާގެ ރައްޔިތުންނަށާއި، ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންގެ އިތުރުން އެމަނިކުފާނާއެކު އެކި ދައުރުތަކުގައި މަޖިލީހުގައި މަސައްކަތް ކުރެއްވި މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.
އަބްދުﷲ ޝާހިދު ވަނީ ނިމިދިޔަ މަޖިލީހުގައި މަޖިލީހުގެ ރައީސްކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ. އެބޭފުޅާގެ އެންމެ ފަހުގެ މަސައްކަތެއްގެ ގޮތުގައި ހުށައެޅުއްވި އަބުރުގެ ގާނޫނު އުވާލުމުގެ ބިލް މިއަދުވަނީ ފާސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ