ޔާމީން ޤާނޫނާއި ޚިލާފަށް ހިންގި މާލީ މުއާމަލާތްތަކެއްގެ މައްސަލަ ބަލަނީ

ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތަކުގެ ތުހުމަތު ގިނަބަޔަކު ކުރަމުން ގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ޤާނޫނާއި ޚިލާފަށް މާލީ މުއާމަލާތްތަކެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިގޮތަށް ބުނެފައިވަނީ ހޮނިހިރު ދުވަހު ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމަށް ޗިޓު ފޮނުވައިފައި ވަނިކޮށް ނެރުނު ނޫސް ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރައީސް ޔާމީން ޤާނޫނާއި ޚިލާފަށް ހިންގި މާލީ މުއާމަލާތްތަކުގެ މައްސަލަ ދައުލަތުގެ އިދާރާތަކުންނެވެ. އެހެން ނަމަވެސް އެއީ ކޮން އިދާރާއަކުން ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ