މުދަލާއި ހިދުމަތް ހޯދާ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނު އިސްލާހު ކުރަނީ

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ޤާނޫނު އިސްލާހު ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފަށައިފިއެވެ.
މި ޤާނޫނަކީ މީގެ 22 އަހަރު ކުރިން އެކުލަވާލާފައިވާ ގާނޫނެކެވެ. އިކޮނޮމިކް މިނިސްޓްރީން އިއްޔެވަނީ މި ގާނޫނު އިސްލާހުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފައެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާގޮތުން، ޤާނޫނު ނަންބަރު: 96/1 އިޞްލާޙުކުރުމުގެ މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަން ޖެހެއެވެ.
މި ސަރުކާރުގެ އެންމެ ބޮޑުޕާޓީ، އެމްޑީޕީގެ 2018 ވަނަ އަހަރުގެ ރިޔާސީ މެނިފެސްޓޯ "ވައުދު ނާމާ"ގައި ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށްދޭނެ ކަމަށް ބުނެފައި ވެއެވެ. އަދި ތަފާތު ވިޔަފާރިތައް މިހާރަށްވުރެ ފުޅާކޮށް ހުޅުވާލެވިގެން ކުރިއަށް ގެންދާނެކަމަށް ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ