ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ޓްރެއިނިން ޕްރޮގްރާމެއް ބާއްވައިފި

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކަށް އަމާޒުކޮށްގެ ފަސް ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއް ބާއްވައިފިއެވެ.
އިންޑިއާގެ ހައި ކޮމިޝަނުން ބުނި މިމަހު 13 ން 17 އަށް ކުރިއަށް ދިޔަ އެ ޕްރޮގްރާމަކީ ޕޯސްޓް ގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް އެޑިއުކޭޝަން އެންޑް ރީސާޗް (ޕީޖީއައިއެމްއީއާރު) އިން ހިންގި ޓްރެއިނިން ޕްރޮގްރާމެކެވެ. ހެލްތު މިނިސްޓްރީގެ އެދުމަކަށް މި ޕްރޮގްރާމް އިންތިޒާމުކޮށްފައި ވަނީ އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓީއީސީ) އިންނެވެ.
މި ޕްރޮގްރާމްގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އެކިއެކި މުވައްޒަފުން ބައިވެރިވިއެވެ. އެގޮތުން ހެލްތު މިނިސްޓްރީގެ އޮފިޝަލުންނާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ހެލްތު އެޑްމިނިސްޓްރޭޓަރުންނާއި ހެލްތު ކެއާ ޕްރޮފެޝަނަލުން ހިމެނޭ ހެން ވިއްސަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވެއެވެ.
A 5-days (13th - 17th June 2022) customized e-ITEC training programme on "Supply Chain Management” was organised for the Maldives’ Ministry of Health (M/o Health) Officials, administrators & health care professionals across the atolls of the country. pic.twitter.com/aHqnfsUpt0— Ministry of Health (@MoHmv) June 18, 2022
"ސަޕްލައި ޗެއިން މެނޭޖްމަންޓް" ގައި ކުރިއަށް ދިޔަ މި ޓްރެއިނިން ޕްރޮގްރާމްގައި ސިއްހީ ދާއިރާގައި ހުރި އެކިއެކި ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
އިންޑިއާ އިން އަންނަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން ސިވިލް ސާވަންޓުންނާއި ކަސްޓަމްސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ތަމްރީން ޕްރޮގްރާމްތައް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ