ތިން ރަށެއްގައި ގާއިމްކުރާ ހޮސްޕިޓަލްތަކުގެ ކުރެހުން ދައްކާލައިފި

ތިން ރަށެއްގައި ގާއިމްކުރާ ހޮސްޕިޓަލްތަކުގެ ކުރެހުން ދައްކާލައިފިރާއްޖޭގެ ތިން ރަށެއްގައި ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކުގެ ކުރެހުން މިއަދު ދައްކާލައިފިއެވެ. އެ ކުރެހުންތައް ދައްކާލުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ އެއީ ހިތަށް އުފާވެރިކަން ގެނެސޭދޭނެ ފުރިހަމަ ރީތި ޑިޒައިންތަކެއް ކަމަށެވެ.
މިއަދު ދައްކާލައިފައިވަނީ ހއ. ދިއްދޫ ގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ، ހޮސްޕިޓަލުގެ ޑިޒައިނާއި، ބ. އޭދޭފުށީގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ ޑިޒައިނާއި، ދ. ކުޑާ ހުވަދޫގައި ގާއިމްކުރަން ނިންމަވާފައިވާ ހޮސްޕިޓަލުގެ ޑިޒައިންތަކެވެ.
ހއ. ދިއްދޫގައި އިމާރާތް ކުރުމަށް ހަމަޖައްސަވާފައިވާ ހޮސްޕިޓަލް: މި ހޮސްޕިޓަލް އަޅާނީ އެރަށުން ހިއްކައި މީހުން އާބާދުވަމުންދާ ސަރަހައްދުގައި- ފޮޓޯ ހެލްތު މިނިސްޓްރީދިއްދޫގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޒަމާނީ ހޮސްޕިޓަލް ފަރުމާ ކޮށްފައިވަނީ 55 އެނދުގެ ހޮސްޕިޓަލެއްގެ ގޮތުގައެވެ. ބ.އޭދަފުށީގައި ގައި ޤާއިމް ކުރެވިގެންދާ ހެލްތު ފެސިލިޓީ ފަރުމާކޮށްފައިވަނީ ޒަމާނާއި އެއްގޮތަށް އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެކުގައި ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ. އެއީ ވެސް 55 އެނދުގެ ހޮސްޕިޓަލެކެވެ.  ދ. ކުޑަހުވަދޫގައި ޤާއިމް ކުރެވިގެންދާ ހޮސްޕިޓަލަކީ ވެސް 55 އެނދުގެ  ހެލްތު ފެސިލިޓީ އެކެވެ އެތަން ވެސް ނ ފަރުމާކޮށްފައިވަނީ ޒަމާނާއި އެއްގޮތަށް އެންމެފަހުގެ ވަސީލަތްތަކާއިއެކު ޚިދުމަތްދެވޭނެ ފެންވަރަށް ކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ދ. ކުޑަހުވަދޫގައި އިމާރާތް ކުރުމަށް ހަޖައްސަވާފައިވާ ހޮސްޕިޓަލް: މިތަން އިމާރާތް ކުރަނީ އެރަށުގެ ހިއްކި މިބުގައި- ފޮޓޯ ހެލްތު މިނިސްޓްރީހެލްތު މިނިސްޓަރ ވިދާޅުވީ މިފެންވަރަށް އެތަންތަން ޑިޒައިން ކުރީ ސިއްޙީ ޚިދުމަތްތަކާ މެދު އައު ވިސްނުމަކުން ވިސްނުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ. މިއިން ކޮންމެ ހޮސްޕިޓަލެއްގައި ވެސް ޕްރައިވެޓް 6 ކޮޓަރި ހުންނާނެއެވެ. އޭގެ އިތުރުން 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމާއި، ތިން އެނދުގެ އައީސީޔޫއަކާއި، އެކްސްރޭއާއި، ފިޒިއޯތެރަޕީއާއި ދެ އޮޕަރޭޝަން ތިއޭޓަރާއި، އިމަޖެންސީ ރޫމާއި އަދިވެސް އިތުރު ފެސިލިޓީ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ