ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވެރިކަން ކުރާ ޕީޕީއެމްގެ ކައުންސިލު މެންބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.
އަބްދުﷲ ވަނީ އެމަގާމުން އިސްތިއުފާ ދެއްވި ކަމަށް ސޯޝަލް މީޑިއާގައި މީގެ ކުޑަ އިރުކޮޅެއް ކުރިން ހާމަ ކުރައްވާފައެވެ. ނަމަވެސް ވަކިވެވަޑައިގެންނެވި ވަކި ސަބަބެއް ހާމަ ކުރައްވާފައެއް ނުވެއެވެ. Miadhun feshigen PPM ge council membarukamun alhugandu isthiufaa dheefin.— Abdulla Ahmed (@AblhoMP) July 10, 2017
އަބްދުﷲ އަކީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް ފަހުން ޕީޕިއެމާއި ގުޅިވަޑައިގެންނެވީއެވެ.
އަބްދުﷲ ވަނި އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލާގައި ސޮއި ކުރައްވާފައެވެ. އަދި އަބްދުﷲ ވަނީ މަސީހުގެ އިސްތިއުފާއަށް ފާޅުގައި ގޮވާލައްވާފައެވެ. Imthiyaazaa behey gaanoonun Majlilis membarunnah libidhey haggu thah Majilis Raees maseeh vanee nigulhaigenfa. Maseeh isthiufaa dheyn jehey.— Abdulla Ahmed (@AblhoMP) July 8, 2017Majilis idhaaraa ge 90% muvazzafun Majilis RMaseeh kanthah thah kuraa usoolu thakaa dheytherey hinhama nujehey.Maseeh isthiufaa dheyn jehey.— Abdulla Ahmed (@AblhoMP) July 9, 2017
އަބްދުﷲ ޕީޕިއެމްގެ ކައުންސިލުން ވަކިވެވަޑައިގެންނެވި އިރު މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވި ހަތަރު މެންބަރަކު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ.
އެ މެންބަރުންނަކީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދާއި، ދަނެގޓީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީއާއި މައްޗަން ގޯލި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންއެވެ.
މެންބަރު އަބްދުﷲ ޕީޕީއެމް ކައުންސިލު މެންބަރު ކަމުން އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ