އިދިކޮޅުކޯލިޝަން މާގިނަދުވަހު ދެމިނޯންނާނެ - މެމްބަރު ނިހާން

އިދިކޮޅު ލީޑަރުން އެކުވެގެން އުފައްދާފައިވާ ކޯލިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ ކޯލިޝަން މާ ގިނަ ދުވަހު ދެމިނޯންނާނެ ކަމަށް ވެރިކަން ކުރާ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކް ވިދާޅުވެއްޖެއެވެ.
ރޭ ޗެނަލް 13ގައި ކުރިއަށް ގެންދިޔަ ލައިވް ޝޯވ، ނިއުސް ޓޯކް ޕްރޮގްރާމްގައި އިދިކޮޅު ކޯލިޝަންގެ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނިހާން ވިދާޅުވީ ސިޔާސީ ގޮތުން ރާއްޖޭގައި ދެ ފިކުރެއް އުފަން ކުރުވި ކުރީގެ ދެ ރައީސުން އަދި މިހާރު އެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މައުމޫން އަބްދުލް ޤައްޔޫމާއި މުހައްމަދު ނަޝީދުއާ ދެމެދު ވަރަށް އަވަހަށް މައްސަލަ ޖެހި ހުޅުފަޅައިގެން ދާނެ ކަމަށެވެ.
ނިހާން ވިދާާޅުވީ، ކޮންމެ ޕާޓީއަކުން އަދި ކޮންމެ ލީޑަރަކު ވެސް ބޭނުންފުޅުވެލައްވަނީ އެ މީހަކު އިންތިހާބުގައި ވާދަކުރެއްވުމަށް ކަމަށެވެ. އަދި ނިހާން ވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެއް ކެނޑިޑޭޓަކު ނެރުމަށް އިދިކޮޅު ބައެއް ލީޑަރުން ގޮވާލަމުންދާދިޔުމަށް އިޝާރާތްކުރައްވައި ކުރިން ވެސް ވިދާޅުވަމުން ގެންދަވާ ތެލާއި ފެން އެކު ނުވާނެ ފަދައިން މައުމޫނާއި ނަޝީދަށް އެކުގައި މާގިނަ ދުވަހު ގުޅިގެން މަސައްކަތް ނުކުރެވޭނެ ކަމަށް ތަކުރާރުކޮށް ވިދާލުވެފައެވެ.
"އޭރުވެސް އަޅުގަނޑުމެން ދެންނެވީމު ތެލާ ފެނާ އެކެއް ނުވާނެއޭ. އެއްވެސް އިރަކު ކެނެރީގެ މުހައްމަދު ނަޝީދުގެ އެހުންނަ ގައުމު ފަނާކުރަނިވި ލާދީނީ ފިކުރަކާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރީގެ ރައީސް މައުމޫންގެ ފިކުރަކާ ދިމައެއް ނުވާނެ. މެޗެއް ނުވާނެ. ކޮންމެވެސް އެއް އިރަކުން މައްސަލަ ވަރަށް އަވަހަށް ހުޅު ފަޅައިގެން ދާނެ،" ކުރިން މައުމާނާ އަރިސްކޮށް މަސައްކަތްކުރެއްވި ޕާލެމެންޓްރީ މެޖޯރިޓީ ލީޑަރު ނިހާން ވިދާޅުވިއެވެ.
ނަޝީދާއި އަދާލަތު ޕާޓީއާ ވެސް ޒަމާންވީ ދެބަސްވުންތަކެއް އުފެދިފައި ހުރިކަން ނިހާން ފާހަގަކުރައްވައި ނިހާނު ވިދާޅުވީ ނާޝިދުގެ ދީނީ ސިޔާސަތާ އެއްވެސް ގޮތަކަށް އާދަލަތު ޕާޓީގެ ސިޔާސަތު އެއް ނުކުރެވޭނެ ކަމަށެވެ.
އެހެންކަމުން ރިޔާސީ އިންތިހާބަށް އެއް ކެނޑިޑޭޓަކު ނެރުމަކީ އިދިކޮޅު ލީޑަރުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ނިހާން ވިދާޅުވިއެވެ. އަދި އެންމެ އަޑަށް ބާރުލައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ނަޝީދަށް އެ ފުރުސަތު ލިބެންޖެހޭނެ ކަމަށް ގަބޫލުުފުޅުކުރައްވާނަމަ ޖަލުގައި ހުރި ކޮންމެ ކުށްވެރިއަކަށް ވެސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށްވެސް ނިހާން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ނިހާނު ވިދާޅުވީ އެމްޑީޕީއަކަށް އަދި އަމުދުން މުހައްމަދު ނަޝީދު އިސްވެ ހުރެގެން ނެރެވޭނެ ކެންޑިޑޭޓަކު ނެތްކަމަށާއި އެޕާޓީތެރެއަށް ވައިކުޑައެއްގައި ފުއްމާލި މީހުން އެދަނީ ގަދަކުރަމުން ކަމަށެވެ.
"އެމްޑީޕީއަކަށް އަދި އަމުދުން އިސްވެހުރެގެނެއް މުހައްމަދު ނަޝީދަކަށް ނެރެވޭނެ ކެނޑިޑޭޓަކު ނެތް. އެއީ އެ ޕާޓީތެރެއަށް ވައިކުޑައެއްގައި ފުންމާލި މީހުން އެދަނީ ގަދަކުރަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ހީވަނީ އެދަނީ ރަނގަޅަށް ހެން،" ޑީއާރުޕީ ބައިބައިވުމުމާއެކު އެޕާޓީ ދޫކޮށް އެމްޑީޕީއާ ގުޅުނު އިސްފަރާތްތަކަށް އިޝާރާތްކުރަމުން ނިހާން ވިދާޅުވީ އެކަންތައް އެދަނީ އެންމެ ރަގަޅަށް ކަމަށްވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ