ކުރީ ސަރުކާރަށް ވުރެ މިސަރުކާރުގެ ޙަރަދުތައް ކުޑަ: މެމްބަރު އިލްހާމް

މުޙައްމަދު ޖިނާޙް އަލީ
ރައީސް ނަޝީދުގެ ސަރުކާރަށް ވުރެ މިހާރު މިއޮތް ރައީސް ވަހީދުގެ ސަރުކާރުގެ ޙަރަދުތައް ކުޑަކަމަށް ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަޙުމަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިލްހާމް ވިދާޅުވީ ހަމައެކަނި ރައީސް އޮފީހުގެ ޙަރަދުތައް ކުރިއަށް ވުރެ ދެމިލިއަން ރުފިޔާ ކުޑަކަމަށެވެ. އޭނާ ވިދާޅުވީ ރައީސް އޮފީހަށް ކުރަމުންދާ ޙަރަދުތައް މަހަކު ދެމިލިއަން ރުފިޔާއިން ކުޑަވުމަކީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. އަދި ސަރުކާރުގެ އެހެން ވުޒާރާތަކުގެ ޙަރަދުތައް ވެސް ކުޑަވަމުންދާކަމަށް އިލްހާމް ވަނީ ވިދާޅުވެފައެވެ. ސަރުކާރުގެ ސިޔާސީ މަޤާމުތައް ވެސް ކުރިއަށް ވުރެ ދެބައި ކުޅަ އެއްބައި މަދުކަމަށް ވެސް އިލްހާމް ވަނީ ވިދާޅުވެފައެވެ.
އިލްހާމް ވިދާޅުވީ މިހާރު ވެސް ސަރުކާރުގެ ޙަރަދުތައް ކުޑަވެއްޖެކަމަށާއި އެހެންކަމުން ސަރުކާރު އިތުރަށް ރަނގަޅަށް ހިންގުމަށްޓަކައި ސަރުކާރުން މިހާރު އުފައްދަން މަސައްކަތް ކުރަމުންދާ ދެމިނިސްޓްރީއަށް ތާއިދުކުރަން ޖެހޭކަމަށެވެ. ސަރުކާރުން ވަނީ އިތުރު ދެމިނިސްޓްރީއެއް އުފެއްދުމަށްޓަކައި ރައްޔިތުންގެ މަޖިލިހަށް ހުށައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ