އަލިފުށީ ދާއިރާގެ ގޮނޑި ޕީޕީއެމްއަށް ރަތްމަންދޫ ގޮނޑި އެމްޑީޕީއަށް

ރ އަތޮޅު ކައުންސިލްގެ އަލިފުށީ ދާއިރާއިން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމަށް ބޭއްވި ބައި އިލެކްޝަނުގައި އެގޮނޑި ޕީޕީއެމްއިން ކާމިޔާބު ކުރިއިރު ރަތްމަންދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑީގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.
މި ދެދާއިރާގައި މިއަދު ބޭއްވި ބައި އިލެކްޝަނުގައި އަލިފުށީ ދާއިރާގެ ގޮނޑިއަށް ހޮނިފައިވަނީ ޕީޕީއެމްގެ އަބްދުﷲ މަހީޝްއެވެ. ރަތްމަންދޫ ކައުންސިލްގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ މުހައްމަދު ރާމިޒެވެ.
އަލިފުށީ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ މަހީޝް އަށް 883 ވޯޓު ލިބުނުއިރު އެމްޑީޕީގެ މޫމިނާ އީސާފުޅަށް ލިބިފައިވަނީ 827 ވޯޓެވެ. އަދި ޑީއާރުޕީގެ އަބްދުﷲ ޝިނާނަށް 274 ވޯޓް ލިބުނު އިރު މިގޮނޑިއަށް ވާދަކުރި ޖުމްހޫރީ ޕާޓީގެ ނާސިފް އަބްދުﷲ އަށް ލިބިފައިވަނީ 5 ވޯޓެވެ.
ރައްމަންދޫ ކައުންސިލްގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ރާމިޒަށް 75 ވޯޓް ލިބިނިއުރު ޑީއާރްޕީގެ ފާތިމަތު ލިއުޝާ އަށް ލިބުނީ 64 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ