ކޮވިޑް 19ގެ ނުރައްކަލުން ސަލާމަތްވެވޭނީ އެއްބައިވަންތަކަން އިސްކޮށްގެން: ގާސިމް

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އަދި މިހާރު ރާއްޖެއިން ވެސް ފެނިފައިވާ ކޮވިޑް 19ގެ ނުރައްކަލުން ސަލާމަތްވެވޭނީ އެއްބައިވަންތަކަން އިސްކޮށްގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިއަދު ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމަށް ދިމާވެފައިވާ މި ދަނޑިވަޅުގައި ދިވެހި ސަރުކާރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކަށް އެންމެހައި ރައްޔިތުން ކެތްތެރިކަމާއެކު އަމަލުކުރުން ވަރަށް މުހިންމު ކަމަށެވެ.
"ގައުމަށް ދިމާވެފައިވާ މި ހުޡޫރަތްތެރި ދަނޑިވަޅުގައި ދިވެހި ސަރުކާރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގަވާ އެންގުންތަކަށް އެންމެހައި ރައްޔިތުން ކެތްތެރިކަމާއެކު އަމަލުކުރެއްވުން ވަރަށް މުހިންމު. މި ނުރައްލުން ސަލާމަތްވެވޭނީ އެއްބައިވަންތަކަން އިސްކޮށްގެން." ގާސިމް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން އިއްޔެ އިން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ސަރުކާރު ބަންދުކުރަން ވެސް ނިންމާފައިވެއެވެ.
މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ