އަބަދު ލޮކްޑައުންގައި ނުތިބެވޭނެ، މިބައްޔާއެކު ދިރިއުޅެން ދަސްކުރަންޖެހޭ: ޑރ.އަފްޒަލް

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ  ނުރައްކާތެރި ބައްޔާއެކު ދިރިއުޅެން ދަސްކުރަން ޖެހޭކަމަށް، އަބަދުު ލޮކްޑައުންގައި ނުތިބެވޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނެފި އެވެ.
މީޑިއާ ބްރީފިން ގައި އެޗްޕީއޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި، ކޮންމެވެސް އިރަކުން ލޮކްޑައުން ދޫކޮށްލަން ޖެހޭނެ ކަމަށާއި އެ ހިސާބަށް ނަފްސާނީ ގޮތުން ތައްޔާރުވާން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތީ ކޮވިޑް-19 އާ އެކު ދިރިއުޅުން ކަމަށެވެ.
"ހަގީގަތުގައި ވެސް ކޯވިޑް އޮތް ތަނެއްގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް ބައިވަރު ބަދަލުތަކެއް ގެންނަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 މިމުޖްތަމައުގެތެރޭގައި ފެތުރެމުންދާއިރު ފުރަތަމަކަމަކަށް ކުރަންވީ ކޮންމެހެން ބައްދަލުކުރަން ޖެހޭ ބަޔަކާ ނޫނީ ބައްދަލު ނުކުރުމަކީ ދިރިއުޅުމުގެ އާދަކާދައަކަށް ހެދުން ކަމުގައި ޑރ.އަފްޒަަލް ވިދާޅުވިއެެވެ.
ދެވަނަކަމަކަށް ކޮވިޑްގެ އަލާމާތެއް ފެނޭތޯ ބަލައި އެ ކަމަށް ހުށިޔާރުވެގެން އުޅުމެވެ. އެފަދަ ކަމެއް ފާހަގަ ވެއްޖެ ނަމަ ކަމާ ބެހޭ ފަރާތްތަކަށް ވީހާ ވެސް އަވަހަކަށް އެންގުމެވެ.
މިބަލި ފެތުރުމެނުްދާނަމަ އެބަޔަކު ތިބޭ ތަންތަނުގައި ކަރަންޓީނު ކުރަންޖެހިދާނެކަމަށެވެ.
"އެއީ ހުރިހާ އެންމެން، ރާއްޖޭގެ އާބާދީގެ ބޮޑުބައެއް، ކަރަންޓީނު ފެސިލިޓީއަކަށް އެކޮމޮޑޭޓެއް ނުވެސް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ލޮކްޑައުން އަކީ ވަގުތީ ފިޔަވަޅެއް ކަަމަށައި ލޮކްޑައުން އުވައިލުމުން، ކަރަންޓީނު ފެސިލިޓީތަކަށް މީހުން ގެންދާ އުސޫލަށް އަނބުރާ ނުދެވޭނެ ކަމަށެވެ. އެ ހިސާބުން ޖެހޭނީ ބަލި ފެންނަ މީހުން ގޭގައި ކަރަންޓީންކޮށްގެން ފަރުވާ ދޭން ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު ފެސިލިޓީތަކަށް ގެންދާ ގޮތަށް ހަމަޖައްސަން ޖެހުނީ ގޭގައި އެކަހެރިވުމަށް ދޭ އިރުޝާދުތަކަށް މީހުންނަށް ތަބާ ނުވެވޭތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ