ޕީޕީއެމްގެ އާންމު މެންބަރުންގެ ހިޔާލު ހޯދުމަށް ހާއްސަ ހަރަކާތެއް ފެށުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނިންމަވައިފި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަނުން އެޕާޓީގެ ސެކްރެޓަރީ ޖެނަރަލް ކަމަށް އައްޔަންކުރައްވާފައިވާ އަބްދުﷲ އަލީމް މިރޭ ވިދާޅުވީ މި ހަރަކާތް ފެށޭނީ މާދަމާ ރޭ 8:30 ގައި ހ. ތެމާގައި ހިންގާ ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ކަމަށެވެ.
އަލީމް ވިދާޅުވީ މި ހަރަކާތް ފެށުމަށް މާދަމާ ރޭ 9:00 ޖަހާއިރު ބާއްވާ ހަފްލާގައި ރައީސް މައުމޫން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެެވެ. އަދި ވީހާވެސް ގިނަ ބޭފުޅުން މި ހަފްލާގައި ބައިވެރިވުމަކީ އެދޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
މިހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ "ޕީޕީއެމްގެ ދިރުން - މެންބަރުންގެ ހިޔާލު" މި ނަމުގަ އެވެ.
ޕީޕީއެމް ދެބައިވެ ޕާޓީ ހިންގުން ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓުން ހުކުމް ކުރި ފަހުން ރައީސް މައުމޫން ވަނީ މީގެ ކުރިންވެސް ޕާޓީގެ އާންމު މެންބަރުންނާ ބައްދަލުކުރެއްވުމަށް ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް އެޖަލްސާ ބޭއްވުމަށް ސަރުކާރުން އެއްވެސް ތަނެއް ކުއްޔަށް ދޫނުކުރުމުން ކުރިން އެއްވެސް އިންތިޒާމެއް ކުރަން ފުރުސަތު ނުލިބި އެ ޖަލްސާ ކުއްލި ގޮތަކަށް ބޭއްވީ ޝީބިލްޑިންގަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ރައީސް މައުމޫން ކުރައްވަމުން ގެންދެވި ތާއީދު އަނބުރާ ގެންދަވާފައިވާ ކަމަށް އެމަނިކުފާނު އިއުލާންކުރެއްވީ މިޖަލްސާގަ އެވެ.
އާންމުންގެ ހިޔާލު ހޯދަން މައުމޫން މާދަމާ ރޭ ހަފްލާއެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ