މައުމޫން ފައުންޑޭޝަންގެ އިހްޔާ ކުރުމުގެ ޖަލްސާތައް މި ރޯދަ މަހު ވެސް އޮންނާނެ

މިއަހަރު ވެސް މައުމޫނު ފައުންޑޭޝަނުގެ ފަރާތުން ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމުގެ ޖަލްސާތައް ބާއްވާނެ ކަމަށް އެ ފައުންޑޭޝަނުން ބުނެފިއެވެ.
އެ ފައުންޑޭޝަނުން ބުނިގޮތުގައި މިއަހަރު ކުރިއަށްގެންދާ ޕްރޮގުރާމްގައި ވެސް ގުރުއާން ކިޔެވުމާއި ދީނީ ނަސޭހަތްދިނުން ކުރިއަށްދާނެއެވެ.
ރޯދަ މަހުގެ ކޮންމެ ބުދަ ދުވަހެއްގައި އިސްލާމީ މަރުކަޒު ހޯލުގައި ކުރިއަށް ގެންދާ އެ ފޮރްގްރާމް ބޭއްވުމަށް ހަމަ ޖެހިފައި ވަނީ ރޭގަނޑު 10 ޖަހާއިރު ކަމަށްވެސް އެ ފައުންޑޭޝަނުން ބުނެއެވެ.
މިގޮތުން ބޭއްވޭ ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވާނީ ކުރީގެ ރައީސް އަދި މައުމޫން ފައުންޑޭޝަނުންގެ ޗެއާމަން މައުމޫން އަބްދުލް ގައްޔޫމް ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ