ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބުކޮށް ރައްޔިތުން ތިބި ގޮތް ދައްކައިދޭނަން: ޖަމީލް

ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން ކާމިޔާބުކޮށް ދިވެހި ރައްޔިތުން ތިބި ގޮތް ދައްކައިދޭނެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގައި މިވަގުތު ދިރިއުޅުއްވަމުން ގެންދަވާ ޑރ. ޖަމީލް މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންމޭޓް ފައިސަލް ނަސީމުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން މިއަދު ގަބޫލުކުރިކަން މި ދެ ބޭފުޅުންނަށް އެންގުމާއެކު އެމަނިކުފާނު މިއަދު ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.
ޑރ. ޖަމީލް މި ޓްވީޓް ކުރައްވާފައިވަނީ އިބްރާހީމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމު ސަލާމް ކުރައްވައިގެން ހުންނަވާ ފޮޓޯއަކާ އެކު މި ދެ ބޭފުޅުން ޓެގް ކުރެއްވުމަށްފަހު އެވެ.
ޑރ. ޖަމީލް ވިދާޅުވީ ދިވެހި ގައުމު އެދޭ ބަދަލު ގެނެސްދެވޭނެ ލީޑަރުންނަކީ އިބޫއާއި ފައިސަލް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ