ޑރ ވަހީދުއާއި ބައްދަލުކުރެއްވުމަށްފަހު ގާސިމް ވިދާޅުވީ ރައީސް ވަހީދުގެ ފައިންޕުޅު ދެކިލަން ޖައްސާލީ ކަމަށް!

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ ބައްދަލުކުރައްވައިފިއެވެ.
ގާސިމް މިއަދު ޑރ ވަހީދު އާއި ބައްދަލުކުރެއްވީ ޑރ. ވަހީދުގެ ގެކޮޅު، މއ. ޔުރޭކާގައެވެ. މި ބައްދަލުކުރެއްވުމުގައި ގާސިމާއެކު އެމަނިކުފާނުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް ބައިވެރިވެވަޑައިގެންނެވި އެވެ.
ބައްދަލުކުރެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ ގައުމުގެ ހާލަތާއި ގައުމާމެދު ކަންތައްތައް ވަމުންދާ ގޮތްތަކާއި ރައީސް ވަހީދުގެ ފައިންޕުޅު ދެކިލަން ކާޓަސީއެއްގެ ގޮތުގައި ޑރ ވަހީދުގެ އަރިހަށް "ޖައްސާލީ" ކަމަށެވެ. އަދި ރައީސް ވަހީދާ ބައްދަލުކުރެއްވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއެކު މަސައްކަތް ކުރެއްވުމަށް ދައުވަތުދެއްވުމަށް ކަމަށާއި ގޮތް ނިންމަވާނީ ޑރ ވަހީދު ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ރައީސް ވަހީދުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށާއި މިގައުމުގެ ސަލާމަތާއި އަމާންކަމަށްޓަކައި ކުރައްވާ ދަތުރުގައި އެމަނިކުފާނުގެ "ބްލެސިން" އާއި ރުހުމާއި ލޯބި ދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.
ޑރ ވަހީދު އަކީ ކުރީގެ ރައީސް ޔާމީންގެ އެޑްވައިޒަރެވެ. އަދި އެމަނިކުފާނު މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ޕީޕީއެމްގައި އެވެ.
ގާސިމް އިބްރާހިމްގެ ރިޔާސީ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހެޅީ މިއަދު ހެނދުނުއެވެ. އަދި އީސީއިން ވަނީ ގާސިމްގެ ރިޔާސީ އިންތިހާބަށް ޝަރުތު ހަމަވާކަމަށާއި ފޯމު ބަލައިގެންކަން ޖޭޕީއަށް އަންގާފައެވެ.
 
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ