ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއު ހިންގި ސިންގަޕޫރުގެ ޗަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުނިން ޓެކްސްގެ ގޮތުގައި ދައުލަތަށް ދެއްކި ފައިސާ އެ ކުންފުންޏަށް ދީ، ސަރުކާރުން ޓެކްސް ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން މަޑުޖައްސާލަން ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - އައިޖީއެމްއެޗް ގޯތިތެރޭގައި އެޅި 25 ބުރީގެ އިމާރާތް އެޅުމަށް ހަވާލުކުރި ކުންފުނިން ޖީއެސްޓީގެ ގޮތުގައި ދައުލަތަށް 227،560ރ. ދެއްކި އެވެ. އެ ފައިސާ ހޯދުމަށާއި ސަރުކާރުން މަޝްރޫއު ހަވާލުކުރީ ޓެކްސް ނުހިމަނާ ކަމަށް ބުނެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން މައްސަލަ ނިމުނީ އެ ކުންފުންޏާ އެއްކޮޅަށެވެ.
ތަފްސީލް - އެ މައްސަލަ ހައި ކޯޓަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހަޅައި ހައި ކޯޓުން ގޮތެއް ނިންމަން ދެން ހުކުމް ތަންފީޒުކުރުން މަޑުޖައްސާލަން އަމުރެއް ނެރެދޭން އެދުނެވެ.
ހައި ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލުމުގެ އަމުރެއް ނެރެން ނިންމީ މި ހިނދަށް މަޑުނުޖައްސައިފިނަމަ އިންސާފަށް ހުރަސް އެޅިދާނެ ކަންކަން ހިނގުމަކީ އެކަށީގެންވާ ކަމެއް ގޮތުގައި ބެލެވޭތީ ކަމަށެވެ.
ހައި ކޯޓުގައި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގައި ތިއްބެވީ:
މުހައްމަދު ސަލީމް (ރިޔާސަތު)
ހުސައިން މަޒީދު
ހުޒައިފާ މުހައްމަދު
ގުޅުންހުރި - މި މަޝްރޫއު ސިންގަޕޫރު ކުންފުންޏާ އޭރު ޔާމީންގެ ސަރުކާރުން ހަވާލު ކޮށްފައި ވަނީ އާންމު ބިޑަކަށް ނުގޮސް، މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސްގެނެވެ. އެހެންވެ އޭރު ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެ، މަޝްރޫއު ހަވާލުކޮށްފައި ވަނީ ވަރަށް ބޮޑު އަގެއްގައި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި އާންމުން ވެސް ފާޑުކިޔެވެެ. އެގޮތުން"
އެކަން އޭރު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބެލުމަށް ފަހު ނިންމީ ކޮރަޕްޝަނެއް ނެތް ކަމަށް
އޭގެ ފަހުން އާ ސަރުކާރާ އެކު ކޮމިޝަންގެ މެމްބަރުން ބަދަލުވެ، އަލުން އެ މައްސަލަ ބެލި ނަމަވެސް ފަހުން އެ މައްސަލައަށް ވީ ގޮތެއް ނޭނގެ
އޭރު 'މިހާރު' ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗަންގް ހުއާ ކުންފުންޏާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ، ސިނާމަލާ ބްރިޖު އެޅި ޗައިނާގެ ސީސީސީސީގެ ސަބްސިޑަރީ ކުންފުނި ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑުން އެއަށް ވުރެ ކުޑަ އަގެއް ކަމަށްވާ 53 މިލިއަން ޑޮލަރު (821 މިލިއަން ރުފިޔާ) ހުށަހަޅާފައި ވަނިކޮށް
އެއީ ޗަންގް ހުއާ ކުންފުނިން ހުށަހެޅި އަގަށް ވުރެ 86 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ކުޑަ އަގެއް
ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއަށް ސަރުކާރުން ޓެކްސް ދެއްކުން މަޑުޖައްސާލަން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ