ތޮއްޑޫ ބަލިކޮށް މަތިވެރިން އަތޮޅު ތަށި ދިފާއުކޮށްފި ތޮއްޑޫ ބަލިކޮށް މަތިވެރިން އަތޮޅު ތަށި ދިފާއުކޮށްފި

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ޕެނަލްޓީ ޖަހައިގެން 4-2 އިން ތޮއްޑޫ ބަލިކުރުމަށް ފަހު މަތިވެރިން އއ. އަތޮޅުގެ ތަށި ދިފާއުކޮށްފި އެވެ.
މިއީ، މަތިވެރިން މި މުބާރާތް ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމުން ވަނީ 2022 ވަނަ އަހަރާއި 2022 ވަނަ އަހަރު މި މުބާރާތުގެ ތަށި ހޯދައިފަ އެވެ. މިދިިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި މަތިވެރިން ވަނީ ޒޯން ހަތަރެއްގެ ތަށި ވެސް މިދިޔަ އަހަރު ހޯދައިފަ އެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި، މަތިވެރިން ނުކުތީ މުޅިން އަލަށް އަތޮޅު ފައިނަލަށް ދަތުރުކުރި ތޮއްޑޫއާ ދެކޮޅަށެވެ. ތޮއްޑޫ އަތުން ގްރޫޕް ސްޓޭޖުގައި މަތިވެރި މޮޅުވި ނަމަވެސް، ފައިނަލްގައި ފެނިގެންދިޔައީ ފޯރިގަދަ ކުޅުމެކެވެ. ދެ ޓީމަށް ވެސް ގޯލު ޖަހަން ތަނަވަސްކުރި ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
ނަތީޖާ ނެރެން ޕެނަލްޓީ އަށް ދިޔައިރު، މަތިވެރީގެ އަހުމަދު ފާރިޝްގެ ޕެނަލްޓީ ނާކާމިޔާބުވިއިރު، އެ ޓީމަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ އިސްމާއީލް ނަސީމް (ބޯވަ)، އަރުޝަދު އަބްދުލް ލަތީފް، އަލީ އަލްސަން އަދި އަހުމަދު ފިރާޝް (ކަހޫ) އެވެ.
ސެމީ ފައިނަލުގައި ބޮޑުފޮޅުދޫ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވި، ތޮއްޑޫ އަށް ފައިނަލުގައި ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ދެ ޕެނަލްޓީ އެވެ. އެއީ، އަލީ އިޒްމީލް އަހުމަދު އާއި އިބްރާހީމް އުޝާމަތު ޖެހި ޕެނަލްޓީ އެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މި ފަހަރު ވެސް އއ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޓްރޮފީ ވެސް ހޯދީ އަލްސަން އެވެ.
އއ. އަތޮޅު ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) އެވެ.
16:00: ށ. ފައިނަލް: ކަނޑިތީމު - މިލަންދޫ
16:00: ނ. މިލަދޫ - ނ. ވެލިދޫ
------------------------------------------
20:00: ފ. މަގޫދޫ - ފ. ދަރަބޫދޫ
20:00: ފ. ބިލެއްދޫ - ފ. ފީއަލި
21:00: ދ. ކުޑަހުވަދޫ - ދ. ބަނޑިދޫ
21:00: ބ. އޭދަފުށި - ބ. ފެހެންދޫ
22:00: މ. ސެމީ ފައިނަލް: ދިއްގަރު - މުލި
22:00: މ. ސެމީ ފައިނަލް: ކޮޅުފުށި - މުލަކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ