ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން އެކެއްގައި ހއ. އަތޮޅު ރަނަރަޕް، ދިއްދޫ ބަލިކޮށް ހދ. އަތޮޅު ޗެމްޕިއަން ނައިވާދޫ އިން ފައިނަލުގެ އުންމީދު އާކުރިއިރު، ހއ. އަތޮޅު ޗެމްޕިއަން، ވަށަފަރާއި ހދ. އަތޮޅު ރަނަރަޕް، ނޭކުރެންދޫ ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.
މި މުބާރާތުގެ ޒޯން އެކެއްގެ މެޗުތައް ރޭ ކުރިއަށްދިޔައިރު, ނައިވާދޫ އިން ވަނީ ފުރަތަމަ މެޗުގައި ވަށަފަރު އަތުން ބަލިވެފަ އެވެ. އެކަމަކު، ނައިވާދޫ އިން ދެވަނަ މެޗުގައި ދިއްދޫ ބަލިކުރީ 6-1 ގެ ނަތީޖާ އަކުންނެވެ. އަދި ވަށަފަރު ވަނީ 1-1 އިން ނޭކުރެންދޫއާ އެއްވަރުވެފަ އެވެ.
މި މެޗުގެ ތިން ވަނަ މިނިޓުގައި ނައިވާދޫ އަށް ލީޑު ނަގާދިނީ ކެޕްޓަން އަބްދުالله ޝާފިއު (ޝާއްޕެ) ޖެހި ގޯލުންނެވެ. އަދި މެޗުގެ 14 ވަނަ މިނިޓްގައި ނައިވާދޫގެ މުހައްމަދު ޝާއިން ވަނީ ގޯލު ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ.
އެކަމަކު އޭގެ މިނިޓެއް ފަހުން ދިއްދޫގެ ކެޕްޓަން ހުސެއިން ޝިފާހު ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު އޭގެ ދެ މިނިޓް ފަހުން ނައިވާދޫ އިން ވަނީ ތިން ވަނަ ގޯލެއް ޖަހައި އަލުން ލީޑު ފުޅާކޮށްފަ އެވެ. މިއީ ދިއްދޫގެ އަހުޒަމް ރަޝީދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނިޓުގައި ނައިވާދޫގެ ހަތަރުވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ މުހައްމަދު އަސްލަމް އެވެ. އަދި އޭގެ މިނިޓެއް ފަހުން އަހުމަދު އަސްލަމް ވަނީ ނައިވާދޫގެ ފަސް ވަނަ ގޯލު ޖަހައިފަ އެވެ. މި މެޗުގައި ނައިވާދޫ އިން ކާމިޔާބުކުރި ފަހު ގޯލު ދެ ވަނަ ހާފުގެ 16 ވަނަ މިނިޓްގައި އެ ޓީމަށް ޖަހައިދިނީ ޔާމީން މުހައްމަދު (ޔާންޓެ) އެވެ.
ވަށަފަރަށް ރޭގެ މެޗުގައި ލަނޑު ޖެހީ އަބްދުﷲ ސިނާން އެވެ. އަދި ނޭކުރެންދޫގެ ގޯލު ޖެހީ މުހައްމަދު ފަރުހާން (ފަރުއްކޮ) އެވެ.
ޒޯން އެކެެއްގެ ތާވަލު އެއް ވަނައިގައި ވަށަފަރު އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނައިވާދޫ އާއި ތިން ވަނައިގައި އޮތް ދިއްދޫ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ނޭކުރެންދޫ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
16:00 ޒޯން ހަތެއް ސެމީ ފައިނަލް: ދަޑިމަގު - ސ. ފޭދޫ
16:00 ޒޯން ހަތެއް ސެމީ ފައިނަލް: ސ. ހިތަދޫ - ގދ. ވާދޫ
---------------------------------------------------
20:00 ޒޯން ތިނެއް: ބ. އޭދަފުށި - ކ. ކާށިދޫ
20:00 ޒޯން ތިނެއް: ޅ. ކުރެންދޫ - ކ. މާފުށި
21:00 ޒޯން އަށެއް: ވިލިމާލެ - މާފަންނު
21:00 ޒޯން އަށެއް: މައްޗަންގޯޅި - ހުޅުމާލެ
22:00 ޒޯން ފަހެއް: މ. މުލަކު - މ. ދިއްގަރު
22:00 ޒޯން ފަހެއް: ދ. ކުޑަހުވަދޫ - ފ. ދަރަނބޫދޫ
23:00 ޒޯން ހައެއް: ތ. ތިމަރަފުށި - ލ. އިސްދޫ
23:00 ޒޯން ހައެއް: ލ. ގަން - ތ. ހިރިލަންދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް: ދިއްދޫ ބަލިކޮށް ނައިވާދޫ އަށް އުންމީދެއް، ވަށަފަރާއި ނޭކުރެންދޫ އެއްވަރު ގޯލްޑަން ފުޓްސަލް ޗެލެންޖް: ދިއްދޫ ބަލިކޮށް ނައިވާދޫ އަށް އުންމީދެއް، ވަށަފަރާއި ނޭކުރެންދޫ އެއްވަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ