ކަރަންޓުގެ އަގު ހެޔޮކުރަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ނިންމަވަމުން އިއުލާނުކުރެއްވީ ކަރަންޓުގެ ޓެރިފް ރޭޓުތައް ބޭނުންކޮށްގެން ނިމުނު މަހުގެ ބިލުތައް ހިސާބުކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފި އެވެ.
އެ ކުންފުނިން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ މަހުގެ ބިލަށް ވެސް ޗާޖު ކުރާނީ އަލަށް ކަނޑައަޅި ޓެރިފް ރޭޓުތަކުގައި ކަމަށެވެ. އަދި މިދިޔަ މަހުުގެ ބިލު މިހާރު ދައްކާފައިވާ ފަރާތްތަކަށް މިމަހުގެ ބިލުން އެ ބައި އުނިކޮށްދޭނެ ކަމަށް ފެނަކައިން ބުންޏެވެ.
"މެއި މަހުގެ ބިލަށް މިހާރު ފައިސާ ދައްކާފައިވާ ފަރާތްތަކަށް ޖޫން މަހުގެ ބިލުން އެބައި އުނިކުރެވިގެންދާނެ، މެއި މަހުގެ ބިލު އަދި ދައްކާފައި ނުވާ ފަރާތްތަކަށް ކުޑަ ޓެރިފް ރޭތުގައި އަލުން ބިލު ޖެނެރޭޓު ކުރެވިގެންދާނެ،" ފެނަކައިން ބުންޏެވެ.
އެ ކުންފުނިން ހިއްސާކުރި ޕޯސްޓުގައިވާ ޓޭބަލްގައި ވާގޮތުން އަންނަ މަހުން ފެށިގެން ކަރަންޓު ބިލުތަކަށް ބޮޑު ބަދަލެއް އަންނާނެ އެވެ. އެ ބަދަލު ތަކަކީ:
މި ރޭޓުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އެންގުމަށް ކަނޑައެޅުނު ރޭތުތަކެކެވެ. މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ބައެއް އެހެން ރަށްރަށަށް ކަރަންޓު ދެމުންދާ ސްޓެލްކޯއިން ވެސް ވަނީ މި ރޭޓުތަކުގައި ޗާޖު ކުރަން ފަށައިފަ އެވެ.
މި ބަދަލާއެކު ކަރަންޓު ބިލުތައް ކުޑަވި ނަމަވެސް، ކަރަންޓުގެ ހިދުމަތް ދިނުމަށް ދައުލަތުން ކުރާ ހޭދަ އިތުރަށް ބޮޑުވާނެ އެވެ. އަދި މިއީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ސިޔާސަތަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.
ފެނަކައިން ދަށް ރޭޓެއްގައި ކަރަންޓު ބިލުކުރަން ނިންމިއިރު، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އިން އާ ޓެރިފްތައް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
ނިމުނު މަހުގެ ކަރަންޓު ބިލު އާ ޓެރިފު ރޭޓުތަކުގައި ހިސާބުކުރަން ފެނަކައިން ނިންމައިފި ނިމުނު މަހުގެ ކަރަންޓު ބިލު އާ ޓެރިފު ރޭޓުތަކުގައި ހިސާބުކުރަން ފެނަކައިން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ