އިންޑަސްޓްރިއަލް ރަށް -- ކ. ތިލަފުށީގައި ވެސް އޭޓީއެމް ބަހައްޓާ ހިދުމަތް ދޭން ނިންމައިފި އެވެ.
އެ ނިންމުން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނާއެކު އެމަނިކުފާނު މިރޭ ބޭއްވި ބައްދަލްވުމުގައި ތިލަފުށީގައި އޭޓީއެމް ނެތުމުން އެކަމުގެ ދަތިކަން ވިޔަފާރިވެރީން ފާހަގަ ކުރެއްވި އެވެ.
ރައީސް ވަނީ ލަފުށީގައި ވެސް އޭޓީއެމް ބަހައްޓާ ހިދުމަތް ދޭނެ ކަމުގައި ވިދާޅުވެފަ އެވެ. އަދި އަންނަ ޖަނަވަރީ މަހުގެ ނިޔަލަށް އޭޓީއެމް ބެހެއްޓޭނެ ކަމަށް ބީއެމްއެލް އިން ބުނެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ތިލަފުއްޓަކީ ވަރަށް ގިނަ ވިޔަފާރިތައް ހިންގާ ރަށެކެވެ.
މި ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ބަހައްޓާ ހިދުމަތް ދޭން ފަށާފަ އެވެ.
ތިލަފުށީގައި ވެސް އޭޓީއެމް ބަހައްޓަނީ، ޖަނަވަރީގައި ހިދުމަތް ލިބޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ