ރައްޔިތުން މިސްރާބު ހަމަމަގަށް އަޅުވަން ބޭނުންވާ މިންވަރު ފެނިއްޖެ

ރައްޔިތުން މިސްރާބު ހަމަމަގަށް އަޅުވަން ބޭނުންވާ މިންވަރު ފެނިގެން ގޮސްފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭނަށް ފައިސަލް ވަނީ ދާދިފަހުން ބައެއް ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.
ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތ. އަތޮޅާއި ލާމު އަތޮޅަށް ކުރި ދަތުރުން ފެނިގެންދިޔައީ ރައްޔިތުން މިސްރާބު ހަމަމަގަށް އަޅުވަން ބޭނުންވެފައިވާ މިންވަރު ކަމަށެވެ. އެ ދެ އަތޮޅުގެ ރައްޔިތުންނަށް ފައިސަލް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ތ.އަތޮޅާއި ލާމު އަތޮޅަށް ކުރި ދަތުރުން ފެނިގެންދިޔައީ ރައްޔިތުން މިސްރާބު ހަމަމަގަށް އަޅުވަން ބޭނުންވެފައިވާ މިންވަރު! ދެ އަތޮޅުގެ ރައްޔިތުންނަށް ވަރަށް ބޮޑައް ޝުކުރިއްޔާ! #VoteMdp #MisraabuHamaMagah pic.twitter.com/1wyrVMOrK7
— Faisal Naseem (@FaisalNasym) March 10, 2024
އެމްޑީޕީން މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ގެންގުޅޭ ސްލޯގަންއަކީ "މިސްރާބު ހަމަމަގަށް" އެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އެމްޑީޕީން ވަނީ 89 ދާއިރާއަށް ވާދަކުރުމަށް ނިންމާފަ އެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އޭޕްރީލް 21 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ