ގުޅިފަޅު ހިއްކުމުގެ ފުރަތަމަ ބައި ނިންމާލައިފި

ކުރީ ސަރުކާރުން ފެށި ކ. ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ނިމިއްޖެ އެވެ.ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އެކްސްގައި މިއަދު ވިދާޅުވިގޮތުގައި 18 މިލިއަން ކިއުބިކް މީޓަރުގެ ވެލިން 150 ހެކްޓަރު ހިއްކައި ނިމި، އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް އެބަގެންދެ އެވެ.އަދި މި ސަރުކާރުން ހިއްކަން ނިންމާފައިވާ 85 ހެކްޓަރުގެ މަޝްރޫއު އެކުލަވާލުން ވެސް މިހާރު ކުރިއަށްދާ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.'ރަސްމާލެ' މަޝްރޫއުގެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ގުޅިފަޅަށް 85 ހެކްޓަރުގެ ބިން އިތުރުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.ގުޅިފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން އެ ފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހު އެވެ. އެ މަޝްރޫއުގެ އަގަކީ 130.4 މިލިއަން ޑޮލަރު (2.01 ބިލިއަން ރުފިޔާ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ