މެލޭޝިއާ: އަސްކަރީ ޕެރޭޑެއްގެ ފަރިތަކުރުމެއްގައި އުދުހެނިކޮށް 2 ހެލިކޮޕްޓަރު ޖެހި ގޮވާ 10 މީހަކު މަރުވެއްޖެ

މެލޭޝިއާގައި ކަނޑުގެ ފައުޖުގެ ޕެރޭޑަކަށް ފަރިތަކުރުމަށް އުދުހެމުން ދިޔަ 2 ހެލިކޮޕްޓަރު ވައިގެތެރޭގައި ޖެހި ގޮވާ 10 މީހަކު މަރުވެއްޖެއެވެ.
މި މަންޒަރު ފެންނަ ވީޑިއޯ ކްލިޕްތައް މިހާރު ދައުރުވަމުން ދާ އިރު، ދެ ހެލިކޮޕްޓަރު އުދުހިފައި ވަނީ ދާދި ތިރިން ނަމަވެސް ދޭތި ޖެހި އެކްސިޑެންޓް ވީ އެކަތި އަނެކައްޗާ ކައިރި ވަގުތުއެވެ. އެއާއެކު ދޭތީގެ ކޮންޓްރޯލް ގެއްލި އެނބުރެމުން އެނބުރެމުން ވެއްޓޭ މަންޒަރު ފެނެއެވެ.
ވެއްޓި ގޮވި ދެ ހްލިކޮޕްޓަރުން 10 މީހުން މަރުވި މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން ދާ އިރު މިއީ މެލޭޝިއާހެ ނޭވީ އުފެދުނުތާ 90 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ޕެރޭޑަށް ކުރިއަށް ގެންދިޔަ ފަރިތަކުރުމެކެވެ.
މިހާދިސާގައި މަރުވި އެންމެންނަކީ ވެސް އުމުރުން 40 އަހަރުން ދަށުގެ ޒުވާން ނޭވީން ކަމަށާއި އެއީ އެ ދެއުލަނދުގެ ފަޅުވެރިން ކަމަށް އިދާރާތަކުން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ