އިސްލާމީ ގިއުގަނޑުގައި ދަރިން ތަރުބިއްޔަތު ކުރަން މެޑަމް އިލްތިމާސް ކުރައްވައިފި

ކުދިންނާއި މުދައްރިސުންނާއި، މައިންބަފައިންގެ ހެޔޮބަސް އަހައިގެން ކިޔެވުމަށް ގަދައަޅައި މަސައްކަތްކުރުމަށާއި ދަރިވަރުން ވީހާވެސް "ސްކްރީން ޓައިމް" މަދުކުރުމަށް އެކަމަނާ އެދި ވަޑައިގަތެވެ.
"ޗައިމްސް ޕްރީސްކޫލް ގްރެޖުއޭޝަން ސެރަމަނީ" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ޝަރަފުވެރި ކޮށްދެއްވައިފި އެވެ. 
މި ހަފުލާ ބޭއްވީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. އެ ހަފްލާގައި ދަސްވެނިވި 23 ދަރިވަރުންނަށް އެވޯޑާއި ސްކްރޯލް ހަވާލު ކޮށްދެއްވީ މެޑަމް ސާޖިދާ އެވެ. -- ޗައިމްސް ޕްރީސްކޫލްގައި 117 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެއެވެ.އެ ޖަލްސާގައި ދަރިވަރުންނާއި ބެލެނިވެރިންނާ މުހާތަބު ކުރައްވައި އެކަމަނާ ވިދާޅުވީ ހުރިހާ ކުދިންވެސް މުދައްރިސުންނާއި، މައިންބަފައިންގެ ހެޔޮބަސް އަހައިގެން ކިޔެވުމަށް ގަދައަޅައި މަސައްކަތްކުރުމަށާއި ދަރިވަރުން ވީހާވެސް 'ސްކްރީން ޓައިމް' މަދުކުރުމަށް ގޮވާލައްވާ ކަމަށެވެ. އަދި ބެލެނިވެރިންނާ މުހާތަބު ކުރައްވައި އެކަމަނާ ވަނީ ދަރިންނަށް ވަގުތު ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ކުދިންނާއެކު ވަގުތު ހޭދަ ކުރަން ބާރުއަޅުއްވާފައެވެ.އަދި ވިދާޅުވީ ދަރިންނަކީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި ތަރުބިއްޔަތު ވެގެން އަންނަ ކުދިންނަށް ހެދުމަށް ބެލެނިވެރިންނަށް އިލްތިމާސް ކުރައްވާ ކަމަށާއި ކުދިންގެ ހިތުގައި ގުރުއާނަށް ލޯބި އުފެއްދުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ