ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު ސިވިލް ކޯޓަށް

ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު ސިވިލްކޯޓުގެ ގާޒީކަމުގެ މަޤާމަށް ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ. އެ ކޮމިޝަނުން ބުނީ މުހައްމަދު ބަދަލުކުރީ ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، ރިޢާޔަތްކުރަންޖެހޭ ކަންކަމަށް ރިޔާޢަތްކުރުމާއެކު ކަމަށެވެ. އޭނާ ސިވިލް ކޯޓުގެ ގާޒީކަމުގެ މަޤާމަށް ބަދަލުކުރަން ނިންމައިފައިވަނީ މިއަދުއެވެ. މުހައްމަދު އީސާފުޅަކީ އެންމެ ފުރަތަމަ ޑްރަގް ކޯޓަށް އައްޔަން ކުރި ފަނޑިޔާރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައެވެ. އަދި ޖޭއެސްސީގެ މެންބަރުކަމުގެ މަގާމު ވެސް ފުރުއްވައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ