ހަތަރު މީހަކު މަސްތުވާތަކެއްޗާއި ފައިސާއާއެކު ހައްޔަރުކޮށްފި

މާލޭގައި ހުރި ހިޔާ ފްލެޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއި މޯބައިލް ފޯނާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.ފުލުހުން މަޢުލޫމާތު ދިންގޮތުގައި މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ހޯމަ ދުވަހުގެ ވަގުތެއްގައެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގ. ސެމިޓޯން، އިބްރާހީމް ޝަރީފް (40އ) އާއި ގދ. ކޮލަމާފުށި/ އޯޝަންބްލޫ، ޢަބްދުﷲ ޙަސަން (41އ) އާއި ހދ. ނޭކުރެންދޫ/ އިރުދޭމާގެ، ޙުސައިން ރިޔާޒު (33އ) އަދި ގއ. ދާންދޫ/ ވަލުތެރޭގެ، ޢަބްދުﷲ ޖަމީލު (32އ) އެވެ.ފުލުހުން އިތުރަށް ބުނީ މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހިޔާ ފްލެޓް H9-20-11 އެޕާޓްމަންޓް ބަލައިފާސްކުރުމަށް ފަހު ކަމަށެވެ. އެ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ގިނަ އަދަދެއްގެ މޯބައިލް ފޯނު ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ. ނަމަވެސް، ފެނުނު ފައިސާ އަދި މަސްތުވާތަކެތީގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ހައްޔަރުކުރުމަކީ މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ހައްޔަރުކުރުމެއް ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ