ޑްރޯން ޝޯއާއި އާ އަހަރުގެ ހަރަކާތްތައް ބަލާލަން އެތައް ބަޔަކު އެއްވެފައި!

އައު އަހަރު ފާހަގަކުރުމަށް ހުޅުމާލޭ، ސެންޓްރަލް ޕާކު ސަރަހައްދުގައި މިވަގުތު ކުރިއަށްދާ ޑްރޯން ޝޯއާއި އެހެނިހެން ހަރަކާތްތައް ބަލައިލުމަށް އެތައް ބަޔަކު އެއްވެއްޖެއެވެ. ސެންޓްރަލް ޕާކު ސަރަހައްދު ވަނީ މީހުންނައިގެން ފުރި ބާރުވެފައެވެ. ހުޅުމާލޭގައި މިރޭ އޮތް ޑްރޯން ޝޯ ބަލާލުމަށް އެތައް ބަޔަކު އެއްވެފައި: ދިވެހީންނާ ގުޅުން ހުރި އެތައް މަންޒަރެއް މި ޝޯއިން ވަނީ ދައްކާލާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް އެކި އުމުރުފުރައިގެ މީހުން އެމީހުންގެ އާއިލާތަކާއެކު އެ ސަރަހައްދުގައި ދަނީ އުފާވެރި ވަގުތުކޮޅެއް ހިއްސާކުރަމުންނެވެ. މިރޭ ގަޑިން 22:00 ޖަހަން އުޅެނިކޮށް ފެށި ޑްރޯން ޝޯގައި ވަނީ ދިވެހީންނާ ގުޅުން ހުރި ހިތްގައިމު އެތައް މަންޒަރެއް ދައްކުވައިދީފައެވެ. ހުޅުމާލޭގައި މިރޭ އޮތް ޑްރޯން ޝޯ ބަލާލުމަށް އެތައް ބަޔަކު އެއްވެފައި: ދިވެހީންނާ ގުޅުން ހުރި އެތައް މަންޒަރެއް މި ޝޯއިން ވަނީ ދައްކާލާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް އޭގެ ތެރޭގައި ދިވެހީންގެ ސަގާފަތާ ގުޅުންހުރި ތަފާތު މަންޒަރުތަކާއި، ފަތުރުވެރިކަމާ ގުޅުން ހުރި ބައެއް މަންޒަރުތައް ވެސް ދައްކާލާފައިވެއެވެ. އޭގެ ތެރޭގައި ކަނޑު ފަޅުގައި އުޅޭ ދިރޭތަކެއްޗާއި، ޝައުގުވެރި އެތައް މަންޒަރުތަކެއް ހިމެނެއެވެ. ހުޅުމާލޭގައި މިރޭ އޮތް ޑްރޯން ޝޯ ބަލާލުމަށް އެތައް ބަޔަކު އެއްވެފައި: ދިވެހީންނާ ގުޅުން ހުރި އެތައް މަންޒަރެއް މި ޝޯއިން ވަނީ ދައްކާލާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް މުޅި އެ ސަރަހައްދު ގުގުމާލާފައި ވަނީ ކުޑަކުދިންގެ އުފާވެރި ހަޅޭކާއި، ހުނުމާއި މަޖަލުގެ އަޑުންނެވެ. މި ޑްރޯން ޝޯ ކުރިއަށް ގެންގޮސްފައި ވަނީ ކުޑަ ކުއްޖަކު ކިޔައިދިން ވާހަކައެއްގެ ގޮތުގައެވެ. މުޅި ޑްރޯން ޝޯ އެންމެނަށް ވެސް އެންމެ ކަމުދިޔައީ އެހެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ