ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން، އެތެރޭގެ އިންތިހާބެއްގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރެއްވުމަކީ ގަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟- ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި މާލޭގެ މޭޔަރުކަމުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ އާދަމް އާޒިމާއި އަލީ އާޒިމްގެ ތެރެއިން، ޝާހިދުގެ ތާއީދު އަލީ އާޒިމަށް އޮތް ކަމަށް ވަނީ އަޑު ފެތުރިފަ އެވެ.
އެކަމަކު އެކަން ދޮގުކުރައްވަމުން އެކްސްގައި ޝާހިދު ވަނީ އެކަމުގައި އޭނާ ގެންގުޅުއްވާ އުސޫލު ހާމަކުރައްވައިފަ އެވެ.
ޝާހިދު ވިދާޅުވީ:
ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް
އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރައްވާ ހުރިހާ ކެންޑިޑޭޓުންނާ އެކު، ކައުންސިލްގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް
"މާތްﷲގެ ހެޔޮ ރަހްމަތްފުޅުން މި އިންތިހާބު އެމްޑީޕީއަށް ބޮޑުކޮށް ކާމިޔާބު ކުރެވޭނެ،" ޝާހިދު ވިދާޅުވި އެވެ.
އެނގުން މުހިއްމު- އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ 16 ޖެނުއަރީގަ އެވެ. ކުރިން އޮތީ 30 ޖެނުއަރީގައި ބާއްވާ ގޮތަށެވެ. ނަމަވެސް ކައުންސިލް އިންތިހާބަށް ފޯމު ހުށައަޅަން ލިބޭ މުއްދަތު ކުރުކަމުން ޕްރައިމަރީ އަވަސްކުރީ ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ޕްރައިމަރީގައި އެންމެ ވާދަވެރިކޮށް ދަނީ މާލޭ މާޔަރުކަމުގެ ޓިކެޓް ހޯދުމުގެ ރޭހެވެ.
ޕާޓީގެ ރައީސަށް ވާތީ ވަކި ކެންޑިޑޭޓަކަށް ތާއީދެއް ނުކުރަން: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ