ހުޅުމާލޭ ގުދަނެއްގައި ރޯވެ، މުދަލަށާއި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް

ހުޅުމާލޭ ފޭސް 1ގައި ހުރި ގުދަނެއްގެ ބޭރުގައި ހުރި ކުނިތަކެއްގައި ރޭ ފަތިހު އަލިފާން ރޯވެ، އެ ގުދަނުގައި ހުރި މުދަލަށާއި އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްއެންޑީއެފުން މިއަދު ހެނދުނު ބުނީ ހުޅުމާލޭ ޗަނބޭލީ5 ގޯޅިތެރޭގައި ހުރި ގުދަނެއްގައި އަލިފާން ރޯވިކަމުގެ ރިޕޯޓް ރޭ ފަތިހު 3:30 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނަށް ލިބުނު ކަމަށެވެ. އަލިފާން ނިއްވާ މީހުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 3:40 ހާއިރު ކަމަށް އެ ތަނުން ބުންޏެވެ.
ތަފްސީލް - އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ލޮޓް ނަންބަރު 11154 ގޭގައި ހުރި ގުދަނުގެ ބޭރުގައި ހުރި ކުނިތަކެއްގައި ކަމަށެވެ. އެގޮތުން:
އަލިފާނުގެ ސަބަބުން ގުދަނުގެ ބިއްލޫގަނޑު ތަޅައިގެން ގޮސް، ގުދަނުގެ ތެރެއަށް އަލިފާންގަނޑު ފެތުރި އެ ތަނުގައި ހުރި މުދަލަށާއި އިމާރާތުގެ ކަރަންޓު ވަޔަރިންއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައި 
އިމާރާތުގައި ކަރަންޓު ނެތުމުގެ ސަބަބުން އެ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ