ވޯލްޑް ކަޕް 2026: ސްޓޭޑިއަމްތަކަށް ފެންފުޅި ވެއްދުން ފީފާއިން މަނާކޮށްފި
އުތުރު އެމެރިކާގެ ތިން ގައުމު ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މި މަހުގެ 11 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ 16 ސްޓޭޑިއަމަށް ސަޕޯޓަރުން އަމިއްލައަށް ފެންފުޅި ވެއްދުން މަނާކުރުމަށް ފީފާއިން ކުއްލި ނިންމުމެއް ނިންމައިފިއެވެ. މީގެ ކުރިން ފީފާއިން ހުއްދަ ދީފައިވަނީ އެއް ލިޓަރަށްވުރެ ބޮޑުނޫން، އަލުން ބޭނުންކުރެވޭ ހުސް ފުޅި ސްޓޭޑިއަމަށް ވެއްދުމަށެވެ. https://sun.mv/222856 ފީފާގެ މި ނިންމުމާ ގުޅިގެން އިނގިރޭސިވިލާތުގެ ސަޕޯޓަރުންގެ ގްރޫޕެއް ކަމަށްވާ "ފްރީ ލަޔަންސް" އިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެ ގްރޫޕުން ބުނި ގޮތުގައި މިއީ ހަމައެކަނި ފައިސާ ހޯދުމުގެ ބޭނުމުގައި ނިންމި ނިންމުމެކެވެ. ސްޓޭޑިއަމްތަކުގައި ވިއްކާ ފެނާއި ބުއިންތަކަކީ ފީފާގެ ސްޕޮންސަރެއް ކަމަށްވާ ކޮކާކޯލާގެ އުފެއްދުންތަކެވެ. ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުޅި ވެއްދުން މަނާކުރީ ކުޅުންތެރިންނާއި ބަލަން ތިބޭ މީހުންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އެގޮތުން ފުޅި ފަދަ ތަކެތި ދަނޑު މައްޗަށް އުކުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަކީ މުހިންމު ކަމެއް ކަމަށް ފީފާއިން ފާހަގަކުރިއެވެ. https://sun.mv/222822 "ފީފާއިން އިސްކަންދެނީ ކުޅުންތެރިންނާއި، ރެފްރީންނާއި، ސަޕޯޓަރުން އަދި ވޮލަންޓިއަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް،" ފީފާގެ ބަޔާނުގައިވެއެވެ. މުބާރާތް ބާއްވާ ގިނަ ސިޓީތަކުގައި ހޫނުމިން 32 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދާނެ ކަމަށް ބެލެވޭތީ، ސަޕޯޓަރުންނަށް ފެން ލިބޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް ފީފާއިން ބުނެއެވެ. މީގެ ތެރޭގައި ހައިޑްރޭޝަން ސްޓޭޝަންތަކާއި، ފިނިކުރާ ޓެންޓުތައް ހިމެނެއެވެ. ނަމަވެސް، ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ގަދަ ހޫނުގެ ސަބަބުން ސަޕޯޓަރުންގެ ސިއްހަތަށް ނުރައްކާވުމުގެ ފުރުސަތު ބޮޑެވެ. މި މައްސަލައިގައި ފާޑުކިޔާ ފަރާތްތަކުން ބުނަނީ، ކުޅުންތެރިންނަށް "ޑްރިންކްސް ބްރޭކް" ދިނުމަށް ފީފާއިން ނިންމާފައިވާއިރު، ސަޕޯޓަރުންނަށް ފެންފުޅި ވެއްދުން މަނާކުރުމަކީ ދެކޮޅުނުޖެހޭ ނިންމުމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ