ޕީއެންސީގެ އެތެރޭގެ އިންތިޚާބު ކުރިއަށްދަނިކޮށް ހިންގި މާރާމާރީގެ މައްސަލާގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 2 މީހަކު ހައްޔަރުކުރީ މިރޭގެ ވަގުތެއްގައިކަމަށެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރާއި 24 އަހަރުގެ 2 ދިވެހިންނެވެ.
އިއްޔެ ޕީއެންސީގެ އެތެރޭގެ އިންތިޚާބު ކުރިއަށްދަނިކޮށް އެތަނަށް ބަޔަކު ވަދެ މާރާމާރީ ހިންގާފައިވާ މައްސަލައެއް ބަލަން ފެށިކަން ރޭ ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
ފުލުހުން ބަލަމުންދަނީ ބަޔަކު ވަދެ ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައެއް ކަމަށެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.
އެންސީ އިންތިޚާބު ކުރިއަށްދަނިކޮށް މާރާމާރީ ހިންގި 2 މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ