ޖޭޕީ އިން ވަކިވުމުން އުމަރަށް މައުމޫން މަރުޙަބާ ވިދާޅުވެއްޖެ

ހޯމް މިނިސްޓަރ އުމަރު ނަސީރު ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވުމުން އުމަރުގެ ނިންމުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމް މަރުޙަބާ ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން އުމަރަށް މަރުޙަބާ ވިދާޅުވީ އުމަރު ޖޭޕީ އިން ވަކިވެވަޑައިގެންފައިވާ ކަމަށް އޭނާ މީޑިއާގައި ވިދާޅުވިތާ ކުޑަވަގުތުކޮޅެއް ފަހުން ކުރެއްވެވި ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ އުމަރުގެ ނިންމުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ.
ރައީސް މައުމޫންގެ ޓްވީޓާއި ގުޅިގެން އުމަރު ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް މައުމޫން އަށް ޝުކުރު އަދާކުރައްވާފައެވެ.
ޖޭޕީގެ ސްލޮޓެއްގައި ހޯމް މިނިސްޓަރުކަމުގައި ހުންނެވި އުމަރު ޖޭޕީ އިން ވަކިވެ ވަޑައިގެންފައި ވަނީ އެމްޑީޕީ އާއި ގުޅިގެން މަސައްކަތް ކުރަން ޖޭޕީ އިން ނިންމާފައިވާ ނިންމުމާއި ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާތީ ކަމަަށް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އުމަރު ވަނީ ވިދާޅުވެފައެވެ.
ޖޭޕީ އިން ވަކިވެ ވަޑައިގެންނެވި ނަމަވެސް އުމަރު އަދި އެއްވެސް ޕާޓީ އަކާއި ގުޅިވަޑައެއް ނުގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ