މައްޗަންގޮޅީ ދެކުނު ދާއިރާގެ ހުރިހާ އެންމެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ދިނުމަށް އެދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ސިނާނު ގޮވާލައްވައިފިއެވެ.
އިބޫއަށް ވޯޓު ދިނުމަށް މައްޗަންގޮޅީ ރައްޔިތުންނަށް ގޮވާލެއްވީ ނުހައްގުން އޭނާ ޖަލުގައި ހައްޔަރު ކޮށްފައި ހުންނަވާތާ ހަމަސް ދުވަސް ވެއްޖެކަން ހާމަކޮށް ސިނާނުގެ ޓްވިޓަރ އެކައުންޓުން އޭނާއާ ހަވާލާދީ އާއިލާއިން ކޮށްފައިވާ ޓްވީޓެއްގައެވެ.
ސިނާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ. ސިނާން ވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެންމަތިވުމާ އެކު ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ.
ސިނާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.
ސިނާނު ވިދާޅުވީ މިއަނިޔާވެރިކަމާ ދެކޮޅަށް 600 އަހަރު ވަންދެން ޖަލުގައި ހުންނަވަން ޖެހުނަސް އޭނާގެ އަޒުމަކަށް އަދި ހިތްވަރަކަށް ވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އަނިޔާވެރިކަމާއި ބޭއިންސާފުގެ ކުރިމަތީ ދުވަހަކުވެސް ކަނދުރާ ތިރިނުކުރައްވާނެ ކަމަށް ސިނާނު ވިދާޅުވިއެވެ.
ސިނާނުގެ ޓްވިޓާއިން ކޮށްފައިވާ އެހެން ޓްވީޓެއްގައި ވަނީ އޭނާ ނިސްބަތްވާ މައްޗަންގޮޅީ ދެކުނު ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ކިބައިން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންމޭޓް ފައިސަލް ނަސީމަށް ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުދިނުމަށް އާދޭހާއެކު އެދިފައެވެ. އަދި ވަރަށް އަވަހަށް ރައްޔިތުންނާ އޭނަ ބައްދަލުކުރައްވާނެ ކަމަށް ވެސް މިޓްވީޓްގައި ވެއެވެ.
އިބޫއަށް ވޯޓު ދިނުމަށް މެމްބަރު ސިނާން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ